އޭޝިއަން ބޮޑީބިލްޑިން މުބާރާތް: ރާއްޖޭގެ އަޒްނީނަށް ރަން މެޑެލް

ރާއްޖޭގައި މިހާރު ކުރިއަށްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ރަޝާދު ރަން މެޑެލް ހޯދައިފިއެވެ.

މި ފަހަރުގެ މުބާރާތުން އަޒްނީން ރަން މެޑެލް ހޯދީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކުގެ 170 ސެންޓިމީޓަރު ބައިންނެވެ. އާދީއްތަ ދުވަހުގެރޭ ކުރިއަށްދިޔަ މި ބައިގެ ފައިނަލުގައި އަޒްނީނާ ވާދަކުރީ އިންޑިއާ އަދި ޕާކިސްތާނުގެ އެތުލީޓުންނެވެ.

މިއީ އޭޝިއާގެ މައި ބޮޑީބިލްޑިން މުބާރާތުގެ ތާރީޚުގައި ރާއްޖެއިން ހޯދި ދެވަނަ ރަން މެޑެއްޔެވެ. އެގޮތުން އެންމެ ފުރަތަމަ ރަން މެޑެލް ރާއްޖެއިން ހޯދީ 2017 ވަނަ އަހަރެވެ.

މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން މުބާރާތުން އަޒްނީން ރަން މެޑެލް ހޯދިއިރު، އޭނާ ވަނީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އަޒްނީން ވަނީ ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި 11 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ލޯ މެޑެލް ހާސިލުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ ނޭޕާލުގެ ކަތުމަންޑޫގައި 2019 ވަނަ އަހަރު ބޭއްވި 12 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 170 ސެންޓިމީޓަރު ބައިން ރަން މެޑެއްޔާއި، އިންޑޮނީޝިއާގެ ބަތަމުގައި 2019 ވަނަ އަހަރު ބޭއްވި 53 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ހަތަރުވަނަވެސް ހޯދާފައެވެ.

މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށި އަދި ކްރޮސްރޯޑްސްގައި ކުރިއަށްދާ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ރަން މެޑެއްޔެއް ހޯދިއިރު، މި މުބާރާތުގައި ރާއްޖޭގެ މުޙައްމަދު އިމްރާހުވެސް ވަނީ އާދީއްތަ ދުވަހުގެރޭ ފިރިހެނުންގެ ސްޕޯޓްސް ފިޒީކުގެ 180 ސެންޓިމީޓަރުން މަތީގެ ބައިން ލޯ މެޑެލް ހޯދާފައެވެ.

މި މުބާރާތުގައި އޭޝިއާ ބައްރުގެ 26 ގަައުމަކުން 500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. ރާއްޖެއިން މި މުބާރާތުގައި 20 އެތުލީޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ރާއްޖެއަށް މީގެކުރިން މެޑެލް ހާސިލުކޮށްދިން އެތުލީޓުންނާއި އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ އެތުލީޓުން ހިމެނެއެވެ.

މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ

ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު  ވިދާޅުވެއްޖެއެވެ. އަހުމަދު ސައީދު ...

ސްރީދޭވީ މަރުވެއްޖެ

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ސްރީދޭވީ ވަރަށް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. ސްރީދޭވީ މަރުވެފައި ވަނީ ހިތް ހުއްޓިގެން، ހޮނިހިރު ...

ރޮނާލްޑޯއާއި ލުކަކޫގެ ލަނޑުތަކުން ޔުނައިޓެޑާއި ޗެލްސީ މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ ކުޅުނު މެޗުތައް އެދެޓީމްވެސް ކާމިޔާބު ...