އެއްކުޅުންތެރިއަކު މަދުކޮށް ކުޅެ، ޗެލްސީން ލިވަޕޫލް ހިފަހައްޓައިފި

ބޭރުގެ ކުޅިވަރު ޚަބަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ބޮޑުބައެއްގައި ޗެލްސީން އެއް ކުޅުންތެރިއަކު މަދުކޮށްކުޅުނު ނަމަވެސް އެ ޓީމުން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ޗެލްސީންނެވެ. މި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ޖޭމްސް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮސްދީފައި ވަނީ ކައި ހަވާޓްޒްއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޗެލްސީގެ މައުންޓަށް ވަނީ ލަނޑުޖަހައި ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ސަލާހް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ލިވަޕޫލަށް ޕެނަލްޓީ ލިބިފައި ވަނީ އެ ޓީމްގެ މަޓިޕް ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް ނުކުތް ވަގުތު ލިވަޕޫލްގެ މަނޭ އެ ބޯޅަ ގޯލަށް ފޮނުވާލި ވަގުތު އެ ބޯޅަ ގޯލަށް ވަނުން ރީސް ޖޭމްސް އަތުން ހުއްޓުވުމާއި ގުޅިގެންނެވެ. މެޗުގެ ރެފްރީ ވަނީ ވީއޭއާރުން ބެލުމަށް ފަހު ޖޭމްސް ގަސްތުގައި ބޯޅައިގައި އަތްލައި ގޯލަށް ވަންނަންދިޔަ ބޯޅަ ހުއްޓުވުމުން އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ.

މެޗުގެ ދެވަނަ ހާފު އެއްކޮށް ޗެލްސީން ކުޅެފައި ވަނީ އެކަކު މަދުކޮށެވެ. ލިވަޕޫލުން ފަހު ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ޗެލްސީން ވަނީ އެ ހާފުގައި މޮޅު ޑިފެންސިވް ގޭމެއް ކުޅެ ލިވަޕޫލް ހުއްޓުވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު ދެއަހަރު ބާސެލޯނާއި މަޑުކުރަން ޑެމްބަލޭ ނިންމައިފި

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އުސްމާން ޑެމްބެލޭ، އެ ކުލަބުގައި އިތުރު ދެ އަހަރު މަޑުކުރަން ނިންމައި ...

ފަހަތުން އަރާ ޗެލްސީ ބަލިކޮށް ސައުތުހެމްޓަންއަށް މުހިންމު މޮޅެއް

އިގިރޭސި ޕްރިމިއާލީގުގައި ރޭ ސައުތުހެމްޓަނުން ފަހަތުން އަރައި 2 – 1 ން ޗެލްސީ ބަލިކޮށް ލީގުގައި މުހިންމު ...

އަފިރިން ބަލިކޮށް ބީ ގްރޫޕުން ގަބުރު ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފި

މަރަދޫފޭދޫ އަފިރިން  ބަލިކޮށް ގްރޫޕް ބީން  ކްއާޓާފައިނަލުން މަރަދޫ ގަބުރު ޖާގަ ހޯދައިފިއެވެ. ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ ...