ސާޖިއޯއަގުއެރޯއަށް އިގިރޭސި ކުރީގެ ފޯވާޑް އެލަން ޝިއަރާގެ ރެކޯޑް ފަހަނަޅާ ދެވިދާނެކަމަށް މެންޗެސްޓަރ ސިޓީގެ ބެނާޑޯ ސިލްވަރ ބުނެފިއެވެ.

އާޖެންޓީނާގެ ފޯވާޑް އަގުއެރޯއާއި އެއްޓީމަކަށް ކުޅެމުންއަންނަ ބެނާޑޯ ސިލްވަރ މިހެންބުނީ ޕްރިމިއާލީގުގެ ލަނޑު ލިސްޓްގެ 4 ވަނައަށް އަގުއެރޯ އެރުމުންނެވެ.

އިގިރޭސި ކުރީގެ ކެޕްޓަން އެލަންޝިއަރާވަނީ ލީގުގައި 260 ގޯލް ޖަހާފައެވެ. އަގުއެރޯއަށް ޕްރިމިއަލާ ލީގުގައި މިހާތަނަށް ޖެހިފައިވަނީ 147 ގޯލެވެ. މިއީ ނިއުކާސަލްއަށް އެލަން ޝިއަރާ ޖަހއިދިން ގޯލްގެ އަދަދާ އެއްވަރުގެ އަދަދެކެވެ.

ޕްރިމިއާ ލީގުގެ ލަނޑު ލިސްޓްގެ ކުރީގައި ދެންތިބީ އާސެނަލްގެ ތިއަރީ އޮންރީއާއި މެންޗެސްޓަރ ޔުނައިޓެޑްގެ ރޫނިއެވެ. އޮންރީ ޖަހާފައިވަނީ 175 ގޯލެވެ. ރޫނީ ޖަހާފައިވަނީ 183 ގޯލެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020 : ސްލޮވޭކިޔާއިން އެޓީމުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފި

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ކުޅުނު ފުރަތަމަމެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ. މި މެޗު ސްލޮވާކިއާ އިން ކާމިޔާބުކުރީ ...

ޗެމްޕިއަންސް ލީގު: ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްގައި މެންޗެސްޓާ ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެއްޖެއެވެ. ސްވިޒަލެންޑްގެ ...

ކޯޓުއާ ރެއާލްއަށް ބަދަލުވެއްޖެ

ޗެލްސީގެ ގޯލްކީޕަރ ކޯޓުއާ ރެއާލް މެޑްރިޑަށް ވިއްކާލުމަށް އެއްބަސްވެފައިވާކަން ޗެލްސީންކަށަވަރު ކޮށްދީފިއެވެ. މިއާއެކު ރެއާލް މެޑްރިޑުން ވެސް ވަނީ ...