3 ލަނޑު 1 ލަނޑުން ބަލިވިނަވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފި އެވެ.

ރެއާލް މެޑްރިޑް ސެމީ އަށް ކޮލިފައިވީ ޔުއެންޓާސްއާއި ބައްދަލުކޮށް  ކުޅުނު ދެމެޗްގެ އެގްރިގޭޓުން 3-4 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް .3 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ  ރެއާލްމެޑްރިޑެވެ

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަމެޗްގެ ވަރަށް ކުރީކޮޅު ޔުވެންޓަސް އިން ވަނީ ލީޑު ނަގާފައެވެ. ކެދީރާ ނަގައިދިން ހުރަހަކުން މެޗުގެ 76 ވަނަ ސިކުންތުގައި މި ގޯލު ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ މަންޒުކިޗްއެވެ.

ޔުއެންޓާސް އިން ލަނޑެއް ޖަހާމެޗްގެ ލީޑު ހޯދުމުން ރެއާލް އިން ނަތީޖާ އެއްވަރުކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް މެޗުގެ 37 ވަނަ މިނެޓްގައި މަންޒުކިޗް ވަނީ ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ލީޗެސްޓެއިނާ ނަގައިދިން ހުރަހަކުންނެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުވެންޓަސް އިން ނިންމާލުމަށްފަހު ޔުއެންޓާސްގެ 3 ވަނަ ލަނޑު ދެވަނަ ހާފްގެ ކުޅުން ގެށިގެން މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބުކޮށްޑިފައިވަނީ  މަޓުއިޑީއެވެ.  މަޓުއިޑީގެ މި ގޯލަކީ ރެއާލްގެ ކީޕަރު އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ މިމެޗްގައި ރެއާލްމެޑްރިޑުން ކާމިޔާބުކުރި ލަނޑު މެޗްގެ އެންމެ ފަހު މިނިޓްގެ ތެރޭގައި ރެފްރީ ރެއާލް މެޑްރިޑަށް ދެއްވި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މި ޕެނަލްޓީ ރެއާލްމެޑްރިޑަށް ރެފްރީ ދެއްވުމުން ރެފްރީއާ ދިމާލަށް ޔުއެންޓާސްގެ ކީޕަރު ބުފަން ބުނި އެއްޗެއްގެ ސަބަބުން އޭނާއަށް ރަތްކާޑު ދައްކާ ރެފްރީވަނީ އޭނާ ދަނޑުން ފޮނުވާލާފައެވެ.

ރޭގެ މެޗުން 3 ލަނޑު 1 ލަނޑުން ރެއާލް މެޑްރިޑް ބަލިވިޔަސް މިމުބާރާތުގެ ސެމީފައިނަލަށް އެޓީމްވަނީ ދަތުރުކޮށްފައެވެ.  މިއީ މިމުބާރާތުގެ ސެމީއަށް ރެއާލް ޖެހިޖެހިގެން ދަތުރުކުރި އަށްވަނަ ފަހަރެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚްގައިވެސް މުޅިން އާ ރެކޯޑެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ މެޗުތައް ދެއްކުމަށް އުރީދޫއިން ސޮނީ ލިވް އާއެކު ޕާޓްނަރޝިޕެއް

އުރީދޫ ކަސްޓަމަރުންނަށް ޔޫއެފާ ޔޫރޯ 2020 ގެ މެޗްތައް ފަސޭހަކަމާއިއެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ...

ޗެމްޕިއަންސް ލީގު – ފުރަތަމަ ފަހަރަށް ޕީއެސްޖީ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ފައިނަލަށް  ފުރަތަމަ ފަހަރަށް ފްރާންސްގެ ޕީއެސްޖީ  ދަތުރުކޮށްފިއެވެ. ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ...

ޔޫރޯ 2020 – ރޭ ކުޅެވުނު ތިން މެޗް ކާމިޔާބުކުރީ އިންގެލެންޑް ، އޮސްޓްރިއާ އަދި ނެދަލެންޑްސް

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީފައިނަލްގައި އިންގްލެންޑް ބަލިކޮށް ފައިނަލުން ޖާގަ ހޯދި ކްރޮއޭޝިއާ މައްޗަށް ޔޫރޯ ...