” މިނިވަން ކަޕް ” ފުޓްސަލް މުބާރާތް – އައްޑޫގެ ފުޓްބޯޅައިގެ ދިރުން

މިފަހަކަށް އައިސް އައްޑުއަތޮޅުގައި ބޭއްވޭ އެންމެ ފޯރިގަދަ އެންމެބޮޑު ، އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތަކީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހު ބޭއްވޭ ” މިނިވަންކަޕް ” ފުޓްސަލް މުބާރާތްކަން ޔަޤީނެވެ.

މިމުބާރާތް ބާއްވަން ފެށިފަހުން ” މިނިވަންކަޕް ” ފުޓްސަލް މުބާރާތް ވެގެން ގޮސްފައިވަނީ އަދި މިހާތަނަށް އެންމެ ދުރާލާ ތައްޔާރުވެގެން އައްޑުއަތޮޅުގައި ބޭއްވޭ ފުޓްބޯޅަ މުބާރާތަށެވެ.

އައްޑުއަތޮޅުގައި ކޮންމެ އަހަރަކު ރަމަޟާންމަހާ ދިމާކޮށް  ބޭއްވޭ  ބައެއް ފުޓްސަލް މުބާރާތްތައް ހިގަމުންދާއިރު ދަނޑުބޭރުން ހިގަމުންދާފަދަ ތަޅާފޮޅުމާއި ހަމަނުޖެހުން މިމުބާރާތް ހިގަމުންދާއިރު އަދި މިހާތަނަށް ހިގާފައިނުވާއިރު މިމުބާރާތަކީ ރެފްރީންގެ މައްސަލަތަކެއް ދިމާނުވެ، އަމާން އޮމާންކަމާއި އެކު ރީތިގޮތުގައި ކުޅިވަރުގެ ރޫހާއި އެއްގޮތައް  އައްޑުއަތޮޅުގައި މިހާތަނަށް ބޭއްވެމުންއަންނަ ހަމައެކަނި މުބާރާތްކަމުގައިވެސް ވަނީ ވެގެންގޮސްފައެވެ.

މިދެންނެވި ގޮތައް މިނިވަންކަޕް  ފުޓްސަލް މުބާރާތް  ހިގަމުންދާތީ ކޮންމެ ފަހަރަކު މުބާރާތް ނިމުމުގެ ކުރިން ކުރިއަށް އޮތްއަހަރު ބޭއްވޭ މުބާރާތައް ޓީމްތައް ތައްޔާރުވާން ފަށާ ، ބައެއްޓީމްތަކުން ބައްދަލްވުންތައް ބާއްވާ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.  ހަމަ މިއާއިއެކު މިމުބާރާތް  އަމާން އޮމާންކަމާއެކީ ބޭއްވެމުންދާތީ މުބާރާތް ސްޕޮންސާރ ކުރުމުގެ ޝަޢުޤުވެރިކަން  ވަރަށްގިނަފަރާތްތަކުން ހުށަހަޅަމުންދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

އައްޑުއަތޮޅުގެ ފުޓްބޯޅައިގެ ކުރިމަގަށް ޓަކައި މީގެ ދިހަވަރަކަށް އަހަރު ކުރިން ފެށުނު ” މިނިވަންކަޕް  ” ފުޓްސަލް މުބާރާތް ނަގަހައްޓާ ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ފުޓްބޯޅައަށް ލޯބި ކުރައްވާ ގިނަބަޔަކު މިއަދު ޤަބޫލް ކުރެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފައިނަލްމެޗްގެ ކުޅިބެއްލެވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްސަ ފެރީ ދަތުރެއް

އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި މިހާރު ކުރިއަށްދާ  ” ...

ކަސެމީރޯ ޔުނައިޓެޑަށް ސޮއިކޮށްފި

ސްޕެނިޝް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅެމުން އައި ކަސެމީރޯ ރެއާލްގައި 9 އަހަރު ހޭދަކުރުމަށްފަހު އިނގިރޭސި ޕްރިމިއާ ...

ދެކުނު ކޮރެއާއިން ޕޯޗުގަލް ބަލިކުރުމުން އުރުގުއޭ ކަޓައިފި، ކޮރެއާއާއި ޕޯޗުގަލް އަނެއް ބުރަށް

ފީފާ ވޯލްޑް ކަޕުގައި ރޭ ޕޯޗްގަލްއާއި ދެކުނު ކޮރެއާއި ބައްދަލުކުރި މެޗްގައި ދެކުނު ކޮރެއާއިން ފަހުވަގުތު ޖެހި ލަނޑުން ...