12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުން ބާތިލުކޮށްފި

ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް އެ ކޯޓުން ކަނޑައަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނިންމި ނިންމުން ބާތިލްކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމްގައި ބުނެފައިވަނީ މަޖިލިސް މެންބަރުންގެ ގޮނޑިތަކުގެ މައްސަލައިގައި ދުސްތޫރީ މައްސަލައެއް އުފެދިފައި އޮތް ކަމަށް ސުޕްރީމް ކޯޓުން ގަބޫލު ކުރާ ކަމަށެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވަމުން ސުޕްރީމް ކޯޓުގެ ބެންޗުން ބުނީ އެހެން ނަމަވެސް 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކަކީ ވަކިވަކިން ސުޕްރީމް ކޯޓްގެ ބެންޗުން ބަލައި މަޖިލިސް މެންބަރުންގެ ގޮނޑިތަކާ މެދު ގޮތެއް ނިންމަން ޖެހޭ ފަދަ މައްސަލަތަކެއް ކަމަށެވެ.

އެގޮތުން 12 މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑިއާ ގުޅޭ ގޮތުން ވަކިވަކިން ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ކަމަށްވެސް މިއަދު ކުރި ޙުކުމްގައި ވަނީ ފާހަގަކޮށްފައެވެ. އަދި ބާކީ ތިބި ހަތަރު މެންބަރުންވެސް ވަކިވަކިން އެ މެންބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޙުކުގައި ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކަވެސް ގައުމީ ޓީމާއެކު

މިމަހު 1 ގައި ފަށައިގެން 16 ގެ ނިޔަލަށް ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ...

ދިރާގުން ރޯދަމަހު ހުރިހާ ކަސްޓަމަރުންނަށް ވެސް ކޮންމެ ދުވަހަކު ހަދިޔާ

ދިރާގުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު އިނާމުތަކާއި ކޮންމެ ހަފުތާއަކު “ބޮޑު ހަދިޔާ” އާއެކު ރޯދަމަހަށް ޚާއްސަ ...

އަންހެން ލީޑަރުން އުފެއްދުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ- ރޮޒެއިނާ

އެމްޑީޕީން އަންހެން ލީޑަރުން އުފެއްދުމަށް އެދެވޭ މަސައްކަތެއް މިހާތަނަށް ކުރެވިފައިނުވާކަމަށާ އަންހެނުންނަކީ  ރޯދަމަހު ތަރާވީހަށް ހެދިކާ ހެދުމާއި އީދުދުވަހު ...