ފައިނަލްމެޗްގެ ކުޅިބެއްލެވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްސަ ފެރީ ދަތުރެއް

އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި މިހާރު ކުރިއަށްދާ  ” އައިވީ މިކްސްޑް ވޮލީ މުބާރާތުގެ  ” ފައިނަލްމެޗްގެ ކުޅުން ބެއްލެވުމަށާ ފައިނަލްގައި ކުޅޭ މީދޫޓީމަށް ސަޕޯޓްކޮށްދެއްވުމަށް ވަޑައިގަންނަވަން ބޭނުން ފުޅުވާ ފަރާތްތަކަށް އެފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ޗޭނު ޖަމްއިއްޔާއިން އެސްޓީއެލްއާއި ވާހަކަ ދައްކައިގެން މާދަމާ ( 1 ޑިސެމަބަރ 2020 ވާ އަންގާރަދުވަހު ) 15:00 އިން ހުޅުމީދޫން ފުރާގޮތައް ފެރީ ދޯނީގެ ދަތުރު މިހާރުވަނީ ހަމަޖައްސާފައެވެ.  އަދި މެޗް ނިމިގެން 19:00 އިން ފޭދުން ފުރާގޮތައް ފެރީ ދޯނީގެ ދަތުރު މިހާރުވަނީ ބަދަލުކުރެވިފައެވެ.

ވީމާ މާދަމާ ކުޅެވޭ ފައިނަލްމެޗް ބެއްލެވުމަށާ މީދޫޓީމަށް ސަޕޯޓް ކުރައްވަން ވަޑައިގަންނަވަން ބޭނުން ފުޅުވާ ފަރާތްތަކަށް އެލްޓީއެލްގެ ގަވާއިދު ހަމަޖެހިފައިވާގޮތުން ދޯނި ފެރީގެ ޓިކެޓް ނަންގަވައިގެން މަރަދޫފޭދުއަށް ވަޑައިގެންނެވުމުގެ ފުރުސަތު މިހާރުމިވަނީ ހަމަޖެހިފައެވެ. އެހެންކަމާއެކު މީދޫޓީމްގެ ކުޅުންތެރީންގެ އެދުމަކީ މާދަމާ ކުޅެވޭ ފައިނަލްމެޗް ބެއްލެވުމަށާ މީދޫޓީމަށް ސަޕޯޓް ކޮށްދެއްވުމަށް ވަޑައިގެންދެއްވެން ތިއްބެވި ވީހާވެސް ގިނަބޭފުޅުން ވަޑައިގެން މީދޫޓީމަށް ސަޕޯޓްކޮށްދެއްވުމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއެމްޕީއާރްސީ ހިޔާނާތުގެ މޭސްތިރިއަކީ ޔާމީން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މޭސްތިރިއަކީ ކުރީގެ ރައީސް ޔާމީން ...

ކޯވިޑް-19 : އިތުރު 16 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 16 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 9 މީހަކާއި އިންޑިއާގެ ...

ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދަން އާސަންދަ ދިނުން ހުއްޓައެއްނުލާ – އާސަންދަ

ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދަން އާސަންދަ ދިނުން ހުއްޓާނުލާ ކަމަށް އާސަންދަ އޮފީހުން ބުނެފިއެވެ. ކެންސަރަށް ފަރުވާ ...