އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ ކަމަށާއި އެބޭފުޅުންނަށް އެވާހަކަ ދެއްކޭނަމަ ރާއްޖަށް ދިމާވި ކޮރަޕްޝަންގެ އެންމެ ބޮޑެތި މައްސަލަތަށް މިހާތަނަށް ހުންނަންވާނީ ބެލިފައިކަމަށް ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރަައީސް ޔާމީން މިހެން ވިދާޅުވީ، ޕީޕީއެމުން “ހެސްކިޔާފަ” މިނަމުގައި ހުކުރު ދުވަހުގެރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ފަހުގެ ތާރީޚުގައި އެންމެ ބޮޑަށް ދެކެވޭ ދެ ވާހަކައަކީ ޑިމޮކްރަސީގެ ވާހަކައާއި ކޮރަޕްޝަންގެ ވާހަކަ ކަމަށެވެ. އެގޮތުން އިދިކޮޅުގައި ކޮރަޕްޝަންގެ ވާހަކަދެއްކޭނެ އެއްވެސް ލީޑަރަކު ނެތްކަމަށާއި، ސިޔާސީ ލީޑަރުންނަށް ކޮރަޕްޝަންގެ ވާހަކަދެއްކޭނަމަ ރާއްޖެއަށް ދިމާވި ކޮރަޕްޝަންގެ އެންމެ ބޮޑެތި މައްސަލަތައް ހުންނަންވާނީ ބެލެވިފައިކަމަށެވެ.

ހަމަމިއާއެކު އެމައްސަލަތައް ބަލާ އެޅި ފިޔަވަޅުތަކުގެ ސަބަބުން އިތުރަށް ކޮރަޕްޝަން ނުހިންގޭ މިންވަރަށް ކަންކަން ހުންނަންޖެހޭނީ ތަންފީޒްކުރެވިފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކޮރަޕްޝަންގެ އެންމެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން މިއަދު އެއްގަލަށް އަރައިގެން ސަރުކާރަށް ދަތިކުރާ ހިސާބަށް ދިއުމުން މިއީ ސަރުކާރުގެ މައްސަލައެއް ނޫންކަމަށް އެނގޭކަމަށާއި، މިއީ އުސޫލްތައް ތަންފީޒުކުރަން އުޅޭތީ އުޅޭ މައްސަލައެއްކަން ޔަޤީންވެއްޖެކަމަށެވެ.

އަދި މީގެ އިތުރަށް ރައީސް ޔާމީން ވިދަޅުވީ މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމާއި އަދުލްއިންސާފުގެ ނިޒާމާއި އަދި އެހެން ނިޒާމްތައްވެސް ހަރާބުކުރީ ފައިސާގެ ކޮރަޕްޝަންގެ ނުފޫޒުން ކަމަށެވެ.

“އެކަމުގައި ފައިސާ ހިމެނިފައިވަނީ ކިހާވަރަކަށްތޯ، ވެރިކަމެއް ބަދަލުކުރުމަށް ފައިސާ ހިމަނާފައިވަނީ ކިހާރަކަށްތޯ؟ އެހެންކަމުން މިބޭފުޅުން ކިހިނެއްތޯ ކޮރަޕްޝަންގެ ވާހަކަ ދައްކާނީ. ރާއްޖޭގައި އިދި ކޮޅު ފަރާތްތަކަކުން  އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ޑިމޮކްރަސީއާއި ކޮރަޕްޝަންގެ ވާހަކަ. އެ ބޭފުޅުންނަށް ނެތް އެ ދެވާހަކަ ދެއްކޭކަށް.” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވާހަކަފުޅުގައި، އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، އިދިކޮޅު ސިޔާސީ ފަރާތްތަކުން އިސްލާހުގެ ނަމުގައި ފެއްޓެވި މަސައްކަތުގައި އިސްލާޙުގެ އެއްވެސް ކަމެއް ނުފެންނަކަމަށެވެ. އެހެން ކަމުން އެފަރާތްތަކުން އިސްލާޙު ގެންނަން ބޭނުންވާ ކަމަކީ ކޮބައިތޯ ރައީސް ސުވާލުކުރެއްވިއެވެ. މީގެ އިތުރުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި މުޅި ރާއްޖޭގެ ޗާޓާއި، މާލޭގެ މަލަމަތި ބަދަލުކޮށް، ރަށްރަށް ވަރަށް ބޮޑަށް ތަރައްޤީ ކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. މީގެ ސަބަބުން ރައްޔިތުންގެ ވިސްނުމާ ފިކުރު ބަދަލުވެ އުއްމީދު ކުރާ ބަޔަކަށް ރައްޔިތުންވެއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

“އެންމެ ފުރަތަމަ ޤައުމު ވިދާޅުވެވޭތޯ އިދިކޮޅުގައި ތިއްބެވި އެންމެ ލީޑަރަކަށްވެސް. ކޮންމެ ލީޑަރަކުވެސް ހުންނެވީ ޤާނޫނީ ހުކުމެއް އައިސްފަ. ހުކުމުން ބަރީޢަވާން ރާއްޖޭއިން ބޭރުގައި ތިއްބަވައިގެން މިވާހަކަދައްކަވަނީ. އެންކަމުން ކޮބައިތޯ އެންމެ ފުރަތަމަ ޤައުމު؟ ނިޒާމްގައި ކޮބައިތޯ ޑިމޮކްރަސީ؟ ޑިމޮކްރަސީގެ އުސޫލްތަކާ އެއްކޮށް އުޅެން ބޭނުންނުވާ މީހުން ހައްތަހާވެސް ތިބީ. ހައްތަހާވެސް އެމީހުންގެ މައްޗަށް އަންނަކަންކަމުން އިސްތިސްނާ ބޭނުންވާ މީހުން ތިއްބެވީ. އެހެންކަމުން މިމީހުން ކިހިނެއްތޯ އެހެން މީހުންކުރިމަތީ ހަމަހަމަކަން ޤާއިމްކޮށްދެވޭނީ.” ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ އޯގާތެރި މުޖުތަމައެއް އޮންނަންޖެހޭ ތަނަކަށްވާއިރު މީހުންގެ ލޭ އޮހޮރުވިއިރު މި މުޖުތަމަޢު އެކަމުން ސަލާމަތްކޮށްދިނީ ކޮން ލީޑަރެއްތޯ ސުވާލު ކުަރައްވަމުން ރައީސް ވަނީ މަރުގެ ހުކުމް ތަންފީޒްކުރައްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ބަސްފުޅަށް ބާރުލިބޭގޮތަށް ވާހަކަދައްކަވާފައެވެ. އެގޮތުން މަރުގެ ހުކުމްތަންފީޒުކުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޤާވާއިދުގައި އެކަން ބަޔާންކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

“ހެސްކިޔާފައި” މިނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަނލުންގެ އިތުރުން ވަޒީރުންންނާއި ރައްޔިތުންގެ މަޖިލީހުގެ މެންމަބަރުންނާއި ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތޮއްޑޫ ދާގަބާ ސަރަހައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރަން ނިންމައިފި

ރާއްޖޭގެ އާސާރީ ތަނެއްކަމަށްވާ އއ.ތޮއްޑޫ ދާގަބާ ސަރަހައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ނިންމައިފިއެވެ. ...

ބަމްޕަރުން ކަހާލައިގެން ވެއްޓި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ފުވައްމުލައް ސިޓީގައި މި މަހުގެ 9 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން މާލެ ގެންދިޔަ ޒުވާނާ ނިޔާވެއްޖެއެވެ. ...

ޕިންކު ރިބަން ރަން : މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫގައި ބާއްވާ ރަން ފެށުމަށް ހަމަޖެހިފައިވަނީ މަރަދޫ ޕާކް ކައިރިން

އުރަމަތީގެ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި ބޭންކް އޮފް މޯލްޑިވްސްއާއި  ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެންމުޅި ރާއްޖޭގައި ...