އައްޑޫގައި ކުރިއަށްދާކަމަށް ބުނާ 60 ޕްރޮޖެކްޓް ހޯދާހޯދާވެސް ނުފެނުނު: ސައީދު

އައްޑޫ ސިޓީގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވި 60 ޕްރޮޖެކްޓް ކުރިއަށްދަނީ އައްޑޫ ސިޓީގެ ކޮންތާކުކަމެއް ހޯދާ ހޯދާ ނުފެނުނުކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ނާއިބް ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުންދާ ދަތުރުގައި، އެސިޓީގެ ރަށްތަކަށް ޕްރޮގްރެސިވް ކޯލިޝަންގެ ޓީމުން ދަނީ ޒިޔާރަތްކުރަމުންނެވެ. މިދަތުރުގައި އެކޯލިޝަނަށް އެންމެ ބޮޑަށް ލިބެމުންދާ ކަންބޮޑުވުމަކީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމުގެ ވާހަކައެވެ.

އައްޑޫ ސިޓީގައި ތަރައްޤީގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާކަމަށް ރައީސް ޞާލިހު ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ސައީދު ވިދާޅުވީ މުޅި ސިޓީގައި ދަތުރުކުރި އިރުވެސް އައްޑޫ ސިޓީގައި ހިނގާކަމަށް ވިދާޅުވި 60 ޕްރޮޖެކްޓް ހިނގާތަނެއް ނުފެނުނުކަމަށެވެ. ސަރުކާރުން އައްޑޫ ސިޓީއަށް ވަޢުދުވި ކަންކަމުގެ ތެރޭގައި ހިމެނޭ އެއްވެސް ވައުދެއް މުފެއްދި ބަޖެޓްގައި ޖެހި ފައިސާތަކަށާއި، ތަރައްޤީގެ ކަންކަން ކުރުމަށް ކަމަށްބުނެ އިންޑިއާއިން ނެގިހާ ލޯނުތަކަށް ކުރަނީ ކީއްތޯ ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.

ރައީސް ޞާލިހު އައްޑޫ ސިޓީގައި ކުރިއަށް ދާކަމަށް ވިދާޅުވި، 60 ޕްރޮޖެކްޓް ހޯދަން ވަރަށް މަސައްކަތް ކޮށްފިން! 40 ބިލިޔަން ބަޖެޓްގައި އައްޑޫއަށް ވަޢުދުވި ކަންކަމާއި، އިންޑިއާ އިން ނެގި ލޯނުތަކުން ރައްޔިތުންނަށް ކޮށްދޭންބުނި އެއްވެސް ކަމެއް ތަންފީޒު ވާތަނެއް ނުފެނުނު. ރައްޔިތުންގެ އިތުބާރު މިސަރުކާރަކަށް ނެތް.
– ސައީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއެކު މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިހު ވިދާޅުވީ އައްޑޫސިޓީއަކީ އާބާދީ ބޮޑު ސަރަހައްދަކަށްވާތީ ސަރުކާރުން އެ ސިޓީއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގައެވެ.

އެގޮތުން މަގުހެދުމާއި ނަރުދަމާ ނިޒާމާއި އަދި ވިޔަފާރި ބަދަރާއި ޞިއްހީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާއާ އަދި މި ނޫންވެސް ސިޓީގެ އިޤްތިޞާދީ އިޖްތިމާޢީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޚާއްޞަގޮތެއްގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ގިނަ ކަންކަން ކުރިޔަށްގެންދިއުމުގެ ޒިންމާ ސިޓީކައުންސިލަށް އޮތްނަމަވެސް އެކަންކަން ކުރިޔަށްގެންދިއުމުގައި ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ސަރުކާރުގެ އިދާރާތަކުން ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 : ހުޅުދޫ ޒުވާން ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގައި ހުޅުދޫ ...

16 އަހަރަށް ފަހު ރާމޯސް ރިއާލް ދޫކޮށްލަނީ

16 އަހަރަށް ފަހު ރިއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެޓީމު ދޫކޮށްލަން ނިންމާފައިވާކަމަށް ރިއާލްއިން ބުނެފިއެވެ. މިމަސް ...

ރާއްޖޭގެ ރައްޔިތުންނަކީ ނާތަހުޒީބު ބައެއްގެ ގޮތުގައި ދުނިޔެއަށް ވިއްކީ ކުރީގެ ރައީސް ނަޝީދު – ސައީދު

ރާއްޖޭގެ ރައްޔިތުންނަކީ ނާތަހުޒީބު ބައެއްގެ ގޮތުގައި ދުނިޔެއަށް ވިއްކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އިކޮނޮމިކް މިނިސްޓަރ ...