މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފިއެވެ.

މިފްކޯގެ 14 އައިސް ޕްލާންޓް ފެނަކައާއި ހަވާލް ކުރެވިފައިވަނީ އެކަމަށްޓަކައި ފެނަކަ ކޯޕަރޭޝަންގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއް ގައެވެ.

މިފްކޯއިން ހިންގަމުންއައި 14 އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަންއަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއެކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ އަހްމަދު ސައީދު މުހައްމަދެވެ. އަދި މިފްކޯގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާޢީލް ފައުޒީއެވެ. މި ރަސްމިއްޔާތުގައި އެ އައިސްޕްލާންޓްތަކުގެ ރަމްޒީ ތަޅުދަނޑިވެސް ވަނީ ފެނަކައާ ޙަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ އަޙްމަދު ސައީދު ވިދާޅުވީ، ސަރުކާރުން ފެނަކައަށް އިތުބާރުކޮށް މިފަދަ މަސައްކަތެއް ޙަވާލުކުރެއްވީތީ ޝުކުރު އަދާކުރައްވާކަމަށެވެ. މަސްވެރިންނަށް ބޭނުންވާ އައިސް މިވަގުތަށްހުރި ފެސިލިޓީސްތަކާއިއެކު ނުހުއްޓި ކުރިއަށްގެންދިއުމަށް ހުރިހައި މަސައްކަތެއްކޮށް އެ ޔަޤީންކަން މަސްވެރިންނަށް ދޭކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެ ކުންފުނީގެ ވިސްނުން ހުރީ އައިސްޕްލާންޓްތައް އޮޕަރޭޓްކުރާ ތަންތަނުގައި މަސްވެރިންނަށް ކޯލްޑް ސްޓޯރޭޖް ލޮކަރތަކެއް ތައާރަފްކޮށްގެން މަސްވެރިންނަށް މަސް ރައްކާކޮށް ވިއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުންކަމަށެވެ.

“ފެނަކައިން އައު އެއްޗެއް އުފައްދަދާނެ އިތުބާރާއި ޔަޤީންކަން. އިރާދަކުރެއްވިއްޔާ މިވަގުތު އަޅުގަނޑުމެންނާއި ހަވާލުކުރި ޕްލާންޓްތަކުގެ ކެޕޭސިޓީ ހުރި ވަރަކުން ނުހުއްޓި އައިސް ލިބޭނެ ހުރިހައި އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އަޅުގަނޑުމެންގެ ފުރަތަމަ މަރުހަލާގައި މައިގަނޑު ކަމަކީ ހުއްޓިފައި ހުރި ޕްލާންޓްތައް 24 ގަޑިއިރު ހިންގޭނެ ފަދަ މެކޭނިޒަމްއަކަށް ގެނައުން. އެއަށްފަހު ހަރަދުކުޑަކުރުމަށް އަޅުގަނޑުމެންގެ ކޭބަލް ނެޓްވޯކްއާއި ގުޅަން. އަދި މިވަގުތައް ހަރުކުރެވެން ހުރި ތަންތަނުގައި ސޯލާ ޕެނަލް ހަރުކުރުން.” ސަޢީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، މިފްކޯގެ އޮޕަރޭޝަންގެ %70އަކީ ފިއުލް ހިމެނިގެން ހިނގާ އޮޕަރޭޝަންތަކެއްކަމުން ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ. މިފްކޯއިން ހިންގަމުން އަންނަ އައިސްޕްލާންޓްތައް ފެނަކައާ ޙަވާލުކުރުމުން މިކަން މާރަނގަޅަށް ކުރެވޭނެކަމަށް ޤަބޫލުކުރާކަމަށް ފައުޒީ ވިދާޅުވިއެވެ. މަސްވެރިންނަށް ޚިދުމަތްދިނުމަށް މިފްކޯއިން ފެނަކައާއިއެކު ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެކަން ފައުޒީ ފާހަގަކުރެއްވިއެވެ.

މިފްކޯގެ ޓީމުން އައިސްޕްލާންޓް ހިންގުމަށްވުރެ ފެނަކަ ޓީމުން މިކަން މާރަނގަޅަށް އެކަން ކުރާނެ ކަމަށް ގަބޫލުކުރަން. ސަބަބަކީ އަޅުގަނޑުމެންވެސް ޖަނަރޭޓަރު ހިންގައިގެން އައިސްޕްލާންޓް މި އޮޕަރޭޓްކުރަނީ. އެހެންކަމުން ފެނަކަ އިންޖީނުގެއާ ގުޅާލެވިއްޖެކަމަށްވަންޏާ ހީވަނީ މަސްވެރިންނަށްވެސް މިއަށްވުރެ ރަނގަޅު ޚިދުމަތެއް ނުހުއްޓި ކޮންމެ ދުވަހަކު ގެންދެވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން ފެނަކައާ ހަވާލުކޮށްފައިވާ 14 އައިސްޕްލާންޓްތަކުގެ ތެރޭގައި ހިމެނެނީ ހއ.އިހަވަންދޫ، ނ.ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ، ފ.ނިލަންދޫ، ތ.ހިރިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކިލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ، އަދި ސ.ހިތަދޫއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތަށް ...

ފުލުހުން ތަޙުޤީޤް ކުރަމުންދާ މައްސަލައާ ގުޅިގެން ހުޅުދޫ މީހަކު ހޯދަނީ

ފުލުހުން ތަޙުޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ހުޅުދޫ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް  ފުލުހުން ހާމަކޮށްފއެވެ. ފުލުހުން ތަޙުޤީޤް ކުރަމުންދާ ...

ކޯވިޑް-19 : މާފުށިން މީހަކު ނިޔާވެއްޖެ، މިއަދުގެ 3ވަނަ

ކ.މާފުށީގައި ނިޔާވި މީހަކު ކޯވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ މިއަދު މި ބަލީގައި ރާއްޖެއިން ނިޔާވި 3 ވަނަ މީހާއެވެ. ...