އަމުރު ނެރެން 80 މިލިއަން ރުފިޔާ އަދީބު ހުށައެޅި

ސުޕްރީމު ކޯޓުން އެކެއް ފެބްރުއަރީގައި އަމުރު ނެރެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 80 މިލިއަން ރުފިޔާ ހުށަހެޅިކަމަށް ފާރިސް މައުމޫނު ކައިރީ އަދީބު ބުނި އަޑުއިވުނުކަމަށް ފުލުހަކު ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްގެ މެރިން ޕޮލިސްގައި މަސައްކަތްކުރާ ފުލުހަކު ތަހުގީގަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ 1 ފެބްރުއަރީގައި ސުޕްރީމްކޯޓުން އަމުރު ނެރުމުން ފުލުހުން އެލާޓަށް އައުމުން ދުނިދޫއަށް ދާންޖެހުނުކަމަށެވެ. އަދި ސުޕްރީމްކޯޓުގެ އަމުރުގެ ދަށުން ދޫކޮށްލުމަށް އަމުރުކުރި އަހުމަދު އަދީބާއި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މާލެ ގެންދިޔުމަށް ލޯންޗުވެސް ތައްޔާރުކުރިކަމަށެވެ. އަދި މާލެ ގެނައުމަށް އަހުމަދު އަދީބާއި ފާރިސް މައުމޫން ލޯންޗަށް އެރުވުމުން އަދީބު އިށިީނީ ކަނާތް ފަރާތުގެ މެދު ސީޓްގައިކަމަށާއި ފާރިސް އިނީ ވާތްފަރާތު މެދު ސީޓްގައިކަމަށެވެ. އަދި ދެ ބޭފުޅުން ތިއްބެވީ އެކަކު އަނަކަކަށް ރީތިކޮށް ވާހަކަދެއްކޭ ހިސާބުގައިކަމަށްވެސް ފުލުސް މީހާ ދީފައިވާ ބަޔާނުގައިވެއެވެ.

ލީކުވެފައިވާ ފުލުސް މިހާގެ ބަޔާނުގައިވާ ގޮތުން އަހުމަދު އަދީބު ފާރިސް މައުމޫން އާއި ވާހަކަދައްކަވަމުން އަމުރު ނެރުމަށް 80 މިލިއަން ހުށައެޅިކަމަށް އަދީބު ބުނިކަމަށެވެ. އަދި އެކަން ރާވާލީ ވަރަށް ސިސްޓަމެޓިކް ގޮތަކަށްކަމަށާއި ދެން ޖެހޭނީ އެންމެން ދޫކޮށްލަން ނޫންހޭ އަދީބު ބުނި އަޑު އިވުނުކަމަށްވެސް ފުލުހުސް މީހާ ތަހުޤީގަށް ދިން ބަޔާނުގައިވެއެވެ. އަދީބާއި ފާރިސް މިވާހަކަތައް ދައްކާފައިވަނީ ލޯންޗް ނަައްޓާނުލާ މަޑުކޮށްގެން އޮއްވާ ކަމަށާއި އަދި އޭގެ ވަގުތުކޮޅެއްފަހުން އަދީބާއި ފާރިސް ލޯންޗުން ބާލައިގެން ބަންދުކޮށްފައި ތިބޭ މީހުން ބައިތިއްބާ ތަނަށް ގެންދިޔަތަން ފެނިފައިވާކަމަށްވެސް ފުލުސް މީހާގެ ބަޔާނުގައިވެއެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމްކޯޓުން އަމުރާއި ގުޅިގެން ފުލުހުން ތަހުޤީޤުކުރަމުންދާ މައްސަލާގައި ފުލުހުންނަށް ދީފައިވާ ބަޔާންތައް ވަނީ ލީކުވެފައެވެ. އޭގެތެތެރޭގައި ދެ ގާޒީއަކާއި ބައެއް ފުލުހުންނާއި އާއްމުން ދީފައިވާ ބަޔާންތައްވެސް ހިމެނެއެވެ. ފުލުހުން ބުނީ ތަހުޤީޤަށް ދީފައިވާ ބަޔާންތައް ލީކުވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާކަމަށެވެ. އަދި މިބަޔާންތައް ލީކުކޮށްލައިފައިވަނީ ނޫފުޒުގަދަ ބަޔަކު އެމީހުންގެ ނޫފޫޒު ބޭނުންކޮށްގެންކަމަށްވެސް ފުލުހުން ބުނެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތަރައްޤީގެ މަޝްރޫޢުތައް ނިމޭއިރު ފަތުރުވެރިކަމުގެ މުޅިން އައު ބާބެއް އައްޑޫން ފެންނާނެ: ރައީސް

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ޢުމްރާނީ އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައް ނިމިގެންދާއިރު އައްޑޫގައި ފަތުވެރިކަމުގެ މުޅިން އައު ބާބެއް ...

އައްޑޫ ސިޓީ ކައުންސިލުން އިންޑިއާ ސަފީރާއެކު މަޝްވަރާތަކެއް ބާއްވައިފި

އައްޑޫ ސިޓީ ކައުންސިލުން އިންޑިއާ ސަފީރާއެކު މަޝްވަރާތަކެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި ‏އައްޑޫ ސިޓީގައި އިންޑިއާގެ ހިލޭ އެހީގެ ދަށުން ...

ދަށުކޯޓުން ރައީސް މައުމޫން ޖަލަށް ލުމަށް ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކުރުމާއެކު އެމަނިކުފާނު މިނިވަންވެއްޖެ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކޮށްފިއެވެ. ...