ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ބާސެލޯނާ ހޯދައިފިއެވެ

ބާސެލޯނާ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސެވިއްޔާ 5 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން ބަލިކުރުމަށްފަހުގައެވެ

ހޮނިހިރު ދުވަހުގެރޭ ކުޅެވުނު މިމުބާރާތުގެ ފައިނަލްމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ފަސްލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު 14 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސުއަރޭޒްއެވެ. ބާސެލޯނާގެ ދެވަނަ ލަނޑު 31 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މެސީއެވެ. އަދި އެޓީމުގެ 3 ވަނަ ލަނޑު 40 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ ސުއަރޭޒްއެވެ.

މިމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި 4 ވަނަ ލަނޑު 52 ވަނަ މިނިޓްގައި އިނިއެސްޓާ ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ ފަސްވަނަ ލަނޑު 67 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކޫޓީނިއޯއެވެ.

ސްޕެނިޝް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބާސެލޯނާއިން މި އަހަރު މިމުބާރާތް ކާމިޔާބު ކުރުމާއެކު އެ ޓީމު ވެފައިވަނީ ޖެހިޖެހިގެން 4 އަހަރު މުބާރާތް ކާމިޔާބު ކުރި ހަމައެކަނި ޓީމަށްވެފައެވެ.

އަދި މި ފަހަރުގެ ތަށްޓާއެކު ބާސެލޯނާއިން ސްޕެނިޝް ކަޕް ކާމިޔާބު ކުރި އަދަދު ވަނީ 30 އަށް އަރާފައެވެ. ބާސެލޯނާއި އެންމެ ގާތުގައި މިމުބާރާތް ކާމިޔާބުކުރެވިފައިވާ  އެތުލެޓިކް ކްލަބަށް މިމުބާރާތް ކާމިޔާބު ކުރެވިފައިވަނީ 23 ފަހަރެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020: ޕެޓްރިކް ޝިކްގެ ދެ ލަނޑުން ޗެކްރިޕަބްލިކް މޮޅުވެއްޖެ

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ފުރަތަމަ  ޗެކް ރިޕަބްލިކް ކާމިޔާބުކޮށްފިއެވެ. ޗެކްރިޕަބްލިކް މިމެޗް ކާމިޔާބުކުރީ ސްކޮޓްލެންޑާއި ...

ވާޑީގެ ހެޓްރިކާ އެކު ލެސްޓާ އިން ސިޓީ ބޮޑުތަފާތަކުން ބަލިކޮށްފި

އިގިރޭސި ޕްރިމިއާލީގުގައި ރޭ 5 – 2  ގެ ބޮޑު ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެވެ. ގަބޫލް ކުރަން ...

ޗެމްޕިއަންސްލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ބަޔާންމިއުނިކް ސެމީއަށް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި 8 ލަނޑު 2 ލަނޑުގެ ބޮޑުތަފާތަކުން ބާސެލޯނާ ބަލިކުރުމަށްފަހު  ބަޔާން ...