ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް ދިޔަ ދެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

އައްޑޫ ސިޓީގެ ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް އެރިއުޅުނު ދެ ކުއްޖަކު ގެއްލިގެން އެމްއެންޑީއެފުން އެ ކުދިން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އައްޑޫ ސިޓީގެ ކޯއްޓޭ ސަރަހައްދަށް މޫދަށް އެރި އުޅުނު ތިން ކުއްޖަކު ގެއްލިގެން އެމްއެންޑީއެފްގެ ސަދަން އޭރިއަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ހިތަދޫ ފަޔާ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން މިހާތަނަށް އެއްކުއްޖަކު ފެނިފައިވާ ކަމަށެވެ. އަދި އެކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ތިން ކުދިންގެ ތެރެއިން ފެނުނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެކުއްޖާ މިވަގުތު އެޑްމިޓްކޮށްފައި ވަނީ އޮބްޒަވޭޝަނަށް ކަމަށް ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރު ޝާހު ސައީދު ވިދާޅުވިއެވެ.

ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ޑައިވަރުންގެ ޓީމަކުން މިހާރު އަންނަނީ ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޭރުގައި ފިލާ ތިބެ ދައްކާ ވާހަކައަކުން ރާއްޖެއަކަށް ގުޑުމެއް ނާރާނެ – ޑިފެންސް މިނިސްޓަރ

ބޭރުގައި ފިލާ ތިބެ ދައްކާ ވާހަކައަކުން ރާއްޖެއަކަށް ގުޑުމެއް ނާރާނެކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ...

އައްޑޫސިޓީއަށް މަސްތުވާތަކެތި އެތެރެކުރި 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ...

ޔަހޫދީން  1،000 ޓަނުގެ ގޮވާތަކެތި ޣައްޒާއަށް ޙަމަލާ ދިނުމަށް ބޭނުންކޮށްފި

ޔަހޫދީންނާ ދެކޮޅަށް ޙަމާސް ޖަމާޢަތުން ވަރުގަދަ އަސްކަރީ ޙަރަކާތްތަކެއް ފެށުމާ ގުޅިގެން ޔަހޫދީން  1،000 ޓަނުގެ ގޮވާތަކެތި ޣައްޒާއަށް ...