ދައުލަތަށް ލޯނު ލިބޭނީ ގޯތި ގެދޮރު ރަހުނު ކޮށްފައެއްނޫން: ނަޝީދު

ދައުލަތުގެ މާލީ ހާލަތު ދަށްވެ، ބޭރުގެ ފަރާތްތަކުން ލޯނު ލިބޭނީ، އަމިއްލަ ގޯތި ގެދޮރު ރަނުހު ކޮށްފައި ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބޭރުގެ ބައެއް އިންވެސްޓަރުންނާ ބައްދަލު ކުރުމަށް ފިނޭންސް މިނިސްޓަރު އަމީރުގެ އިތުރުން އެ މިނިސްޓްރީގެ ވަފުދެއް  ދުބާއީ އަށް ކުރައްވާ ދަތުރާއި ގުޅިގެން ބައެއް މީޑިއާތަކުގައި ހުރި ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން، ރައީސް ނަޝީދުގެ އެލެކްސް އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތަށް ލޯނު ލިބިގެން ދާނީ ގޯތި ގެދޮރު ރަހުނު ކޮށްފައި ނޫން ކަމަށެވެ.  

ދައުލަތަށް ދަރަންޏަށް ފައިސާ ހޯދޭނީ އެދައުލަތެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކަމަށް ވިދާޅުވެ، ލޯނު ލިބޭނީ އެ ދައުލަތަކަށް އެފައިސާ އަބުރާ ދެއްކޭނެ ގާބިލް ހުރި މިންގަޑަކަށް ބަލާފައިކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޗައިނާއިން ލޯނު ނެގުމުން އެކަމަށް އެންމެ ބޮޑަށް ފާދުވިދާޅުވަމުންދާ ބޭފުޅާއެވެ.

މީ އެއްގޮތަކަށްވެސް ދެކޮޅު ޖެހޭ ވާހަކައެއް ނޫން. ދައުލަތަށް ލޯނު ލިބޭނީ އެ ދައުލަތަކަށް އެފައިސާ އަނބުރާ ދެއްކުމުގެ ޤާބިލްކަން ހުރި މިގަނޑަކަށް ބަލައި. ގޯތި ގެދޮރު ރަހުނު ކޮށްފައެއްނޫން.
– ރައީސް ނަޝީދު ވިދާޅުވެއްފައިވެއެވެ

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ދައުލަތުގެ މުދަލެއް ރަހުނުކޮށްގެން މިހާތަނަށް ދަރަންޏެއް ނަގާފައި ނުވާނެ ކަމަށާއި ކުރިޔަށްއޮތް ތަނުގައިވެސް އެގޮތަށް ދަރަންޏެއް ނެގުމަށް މިނިސްޓަރް އަމީރު ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ. ދައުލަތުގެ މާލީ ޙާލަތާ ގުޅޭ ގޮތުން ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރާ ހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.9 ބިލިއަން ރުފިޔާއެވެ.

އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ލިބުނުއިރު ދައުލަތުންވަނީ 15.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އާމްދަނީއަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެކުހުންނެވެ. ޓެކްސްގެ ގޮތުގައި ޖުމްލަ 7.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކުސް ނޫން އާމްދަނީން ލިބިފައިވަނީ 2.3 ބިލިއަން ރުފިޔާއެވެ. ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 87.2 މިލިއަން ރުފިޔާއެވެ.

އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ލިބުނުއިރު، 15.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އާމްދަނީގެ އިތުރަށް ޚަރަދުކުރި 5.2 ބިލިއަން ރުފިޔާއަކީ އެކި ގޮތްގޮތުން ދައުލަތަށް ނަގާފައިވާ ދަރަނިން ޚަރަދުކޮށްފައިވާ ފައިސާއެވެ.

މަސްދަރު: ޚަބަރުޑޮޓްކޮމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިވަގުތުގެ އެންމެބޮޑު އަމާޒަކީ ރައީސް ނަޝީދަށް ޙަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން – ރައީސް

މިވަގުތު ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުން ހޯދައި އެމީހުން ...

އައްޑުއަތޮޅުގަމުގައި ހިންގަމުންއަންނަ ފްލައިން ސްކޫލް ނ.މާފަރަށް ބަދަލުކުރަނީ

އައްޑުއަތޮޅު ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް ނ. މާފަރުގައި ހުޅުވަން ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް، ބަދަލުކުރަން ...

މިރެއިން ފެށިގެން ތިނަދޫގައި ކާފިއު ހިންގަނީ!

މުޖުތަމައުތެރެއިން ގިނަ އަދަދެއްގެ ބަޔަކު ފައްސިވެ މިވަގުތު މޮނީޓަރިންގ އަށް ލެވިފައިވާ ގދ. ތިނަދޫގައި މިރެއިން ފެށިގެން ކާފިއު ...