ޏ. ފުވައްމުލަކަށް ރާޅު އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.

މިގޮތުން، އެންމެ ބޮޑަށް އުދަ އަރާފައިވަނީ އެރަށު ފަޔާ ސްޓޭޝަނުން ފެށިގެން ކްރިކެޓް ސްޓޭޑިއަމާ ދެމެދު، ނައިބު ތުއްތު ބޮޑު މަގަށް ކަމަށާއި އަދި އެ ސަރަހައްދުގައި ހުރި ފުލުހުންގެ އިމާރާތުގެ ތެރެއަށް ވެސް އުދައެރުމުގެ ސަބަބުންވަނީ  ލޮނު ގަޑު ވަދެފައެވެ.

ފުވައްމުލަކަށް ރާޅު އަރަން ފަށާފައިވަނީ ރޭ ފަތިހުން ފެށިގެން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެރަށުގެ އެކި ދިމަ ދިމާލުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.  އަދި މިއަދު މެންދުރު ފަހުން އުދައަރާފައިވަނީ އާދަޔާ ހިލާފަށް ބޮޑަށް ކަމަށް އެރަށުން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.

“އުދަ އެރި ހިސާބުގައި ހުރި ފުޑް ގާޑިއާތަކުގެ ތެރެއިން ދެ ގާޑިއާއަކަށް ގެއްލުންވި. ޕޮލިސް ސްޓޭޝަން ތެރޭގައި އޮތީވެސް ލޮނު. މީގެ ކުރީން އުދައެރިއަށް  މިހާ ބޮޑަކަށް ރަށު ތެރެއަކަށް އުދަނާރާ ނާރާ. މިއީފާއިތުވެދިޔަ ގާތްގަނޑަކަށް 10 ނުވަތަ 15 އަހަރުގެ ތެރޭގައި މިރަށަށް މިހާބޮޑަށް އުދައަރާފައެއްނުވޭ  ،” ފުވައްމުލަކު ސިޓީގެ މޭޔަރު ވިދާޅުވި އެވެ.

ފަލާހު  ވިދާޅުވީ، ރަށު ތެރެއަށް އިތުރަށް ރާޅު އަރައި ގެއްލުންތަކެއް ލިބުމުގެ ކުރީން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި އެކި މުއައްސަސާތަކުގެ އެހީގައި ކުރެވެން ހުރި ކަންކަން ކުރަމުންދާ ކަމަށެވެ.

މިގޮތުން އުދަ އަރާ ސަރަހައްދުތައް ފާހަގަކޮށް، އެ ސަރަހައްދުތަކުގައި ޖަމްބޯ ބޭޖް ޖެހުމައް ތައްޔާރު ވަމުންދާ ކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ދާޅުވީ، ޖަމްބޯ ބޭޖް ޖެހުމުގައި ވެސް ބޮޑަށް ރަށުގެ ގިރާ ސަރަހައްދަށް އިސްކަންދޭނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާފުށީ ޖަލުގައި ހުރި ގައިދީއަކު ނިޔާވެއްޖެ

މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ، އުމުރުން ...

މިސްކިތްތަކުގެ އިމާމުންވެސް ޑިގްރީފެންވަރަށް ކިޔަވަންޖެހޭގޮތް ހަދަނީ

ދިވެހިރާއްޖޭގެ މިސްކިތްތަކުގައި މުދިމުންގެ ގޮތުގައި މަސައްކަތްކުރައްވާ އިމާމުންވެސް ޑިގްރީ ފެންވަރަށް ކިޔަވަން ޖެހޭގޮތަށް ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅައިފިއެވެ. ...

އޭސީސީގައި މައްސަލަ އޮތުމުން މަހްލޫފާއި އަކްރަމް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ޝަރުތު ހަމަނުވި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ...