ޕީސީއާރާ ނުލައި މިހާރު އައްޑޫސިޓީއަށް ދަތުރުކުރެވޭނެ

ކަނޑައެޅިފައިވާ މިންގަނޑުތަކަށް ކޮވިޑް ވެކްސިން ފުރިހަމަކުރި ރަށްތަކުގެ ލިސްޓްގައި އައްޑޫސިޓީގެ ރަށްތައް  ހިމެނިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި ރަށްތަކުގެ ލިސްޓްގައި އައްޑޫސިޓީގެ ރަށްތައް  ހިމެނުމުން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ޕީސީއާރު ޓެސްޓާ ނުލައި ދަތުރުކުރެވޭނެ އެވެ

ކަނޑައެޅިފައިވާ އުމުރުފުރާތަކުގެ 90 އިންސަތަ މީހުން ވެކްސިން ފުރިހަވެފައިވާ ރަށްރަށަށް ދަތުރުކުރާ މީހުން، ކަރަންޓީންވުމާއި، ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭގޮތަށް ހެދި އުސޫލަށް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ރަށުގައި ދިރިއުޅޭ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 12 އަހަރުންމަތީގެ އާބާދީގެ 90 އިންސަތައަށް ވެކްސިން ފުރިހަމަވާންޖެހެ އެވެ. އަދި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 އިންސަތައަށް ވެކްސިން ފުރިހަމަވުމުގެ އިތުރަށް ގެސްޓް ހައުސް ހުންނަ ރަށްރަށުގައި ގެސްޓް ހައުސްތަކުގައި މަސައްކަތްކުރާމީހުންނާއި ޓޫރިސްޓް ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 އިންސަތައަށް ވެކްސިން ފުރިހަމަވާންޖެހެ އެވެ.

ކަރަންޓީންވުމާއި ޕީސީއާރު ހެދުމުގައި އަމަލުކުރެވޭނެ ގޮތާގުޅޭގޮތުން އެޗްޕީއޭއިން ހާމަކޮށްފައިވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްނަމަ، ދަތުރުކުރާ ރަށުގައި ވެކްސިން ކަވަރޭޖް ހަމަވެފައިވާނަމަ، ދަތުރު ފަށާ ރަށުގައި ހަފުތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 5 އިންސަތައަށްވުރެ ދަށްނަމަ ކަރަންޓީނުވާން ނުޖެހޭނެކަމަށާއި، އަދި ޕީސީއާރު ޓެސްޓް ނުހަދާވެސް ދަތުރުކުރެވޭނެކަމަށެވެ.

އަދި ދަތުރު ފަށާ ރަށުގައި ހަފުތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 5 އިންސަތައަށްވުރެ މަތި ނަމަ ދަތުރުކުރެވޭނީ ފުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކުކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.

އެކަމަކު ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހެއްނަމަ، ދަތުރުކުރާ ރަށުގައި ވެކްސިން ކަވަރޭޖް ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ހަމަވެފައިވީ ނަމަވެސް 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމާއި ކަރަންޓީނުން ދޫކުރުމަށް ހަދާ ޕީސީއާރު ޓެސްޓް ހަދަންޖެހޭނެ އެވެ. ހަމައެހެންމެ ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހެއްނަމަ ދަތުރުކުރާ ރަށުގައި ސަރުކާރުން ކަނޑައަޅާގައިވާ މިންވަރަށް ވެކްސިން ކަވަރޭޖް ހަމަނުވާނަމަ، ފުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާ އޮތުމާއި، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރަންޖެހޭއިރު، ކަރަންޓީނުން ދޫކުރުމަށް ހަދާ ޕީސީއާރު ޓެސްޓް ހަދަންޖެހޭނެކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އީޔޫ ޕާލިމެންޓްގެ ޤަރާރަށް އަމަލު ކުރާކަށް ނުޖެހޭނެ- ޝިފާޤް މުފީދު

ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ހޯދައިދިނުމަށާއި، މަރުގެ ހުކުމް ތަންފީޒް ނުކުރުމަށް ގޮވާލާ އީޔޫގެ ޕާލިމެންޓުން ނެރުނު ޤަރާރަށް ރާއްޖެއިން ...

މީދުން ކޮވިޑަށް ފައްސިވި އެންމެން ބަލިން ފަސޭހަވެއްޖެ

މީދުން ކޮވިޑް-19 އަށް ފައްސިވި އެންމެން އެބަލިން ފަސޭހަވެއްޖެ އެވެ. އައްޑޫއިމަޖެންސީއޮޕްރޭޝަންސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެރަށުން ކޮވިޑަށް ...

ހުޅުދޫ ދާއިރާގެ ކައުންސިލުގެ ގޮނޑީގެ ޓިކެޓް ފައިޒް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި

  އެމްޑީޕީ ޕްރައިމަރީގައި ހުޅުދޫ ދާއިރާގެ ކައުންސިލުގެ ގޮނޑީގެ ޓިކެޓް ފައިޒް  ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ ...