ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނެވި ބަދަލު ހާމަކުރައްވައިފި

މެއިި 1 އިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ނިންމައި އެ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބުރާސްފަތި ދުވަހު އިއުލާނު ކުރައްވައިފިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ފަދައިން މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ހެޔޮ ބަދަލާއި ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާއެކު ޖުމްލަ 9838 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނެކަމަށެވެ. އަދި މި ހުރިހާ ބަދަލަކަށް އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މުސާރައަށް އައި ބަދަލު:

ކުރިން އިތުރުގަޑިއާއެކު 20،459 ރުފިޔާގެ މުސާރަ ލިބޭ ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ.

ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ އިތުރު ގަޑީގެ އެލަވަންސާ ނުލައި 41،976 ރުފިޔާއަށް އިތުރުކޮށްފައި.

ސީނިއަރ މެޑިކަލް އޮފިސަރުންނަށް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ.

ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާގެ މުސާރައެއް.

ސިއްހީދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު މެއިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސައިކޮލޮޖިސްޓުންނާއި, ކައުންސިލަރުންނާއި, ސޯޝަލް ވޯކަރުންނާއި, ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މެޑިކަލް އަދި ޑެންޓަލް އިންޓަރން ޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓަރން އެލެވަންސެއް ދިނުމަށްވެސް ނިންމާފައިވާ ކަމަށާއި, ސިއްހީ ދާއިރާއިން ދިވެހިން މަދު ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލަރޝިޕާއި ލޯނު ޕްރޮގްރާމްތައް ތައާރަފްކުރެއްވުމަށް ވެސް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސިއްހީ ދާއިރާ ހިމެނޭހެން 9,838 މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސިއްހީދާއިރާގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން އަހަރެއްގެ މައްޗަށް 482.2 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 3 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިއްޔެ ( 20 މެއި 2021 ވަނަދުވަހު) ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ...

ސަފާރީއެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެއްޖެ

ރ. އިނގުރައިދޫ ފަޅަށް ވަންނަމުން ދިޔަ ސަފާރީއެއްގެ ބުރަފަތީގައި އޮޅިފައި އޮތް ވަލެއް ނެއްޓުމަށް މޫދަށް ފޭބި މީހަކު ސަފާރީގެ ...

ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން ރިޔާސީ އިންތިޚާބުން ކާމިޔާބު ހޯއްދަވާނެ – ޑރ. ޝަހީމް

ދިވެހި ރައްޔިތުން ތިބި ގޮތް ޔަޤީންވެއްޖެކަމަށާ ބޮޑު އަޣުލަބިއްޔަތަކުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން 2018 ގެ ރިޔާސީ އިންތިޙާބު ...