ސެމީފައިނަލްގައި ރެއާލްއާއި ބަޔާންމިއުނިކް ބައްދަލުކުތާގޮތައް ހަމަޖެހުނުއިރު ލިވަޕޫލްއާއި ބައްދަލުކުރާނީ ރޯމާ

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ވޭތުވެދިޔަ ދެއަހަރުގެ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މެޑްރިޑް  ބަޔާން މިއުނިކް ބައްދަލުކުރާގޮތައް ހަމަޖެހުނުއިރު، ލިވަޕޫލް އާއި ބައްދަލުކުރާނީ ހައިރާންކުރުވަނިވި ގޮތަކަށް ބާސެލޯނާ ކަޓުވާލުމަށްފަހު ސެމީން ޖާގަހޯދި  ރޯމާއެވެ.

ބަޔާންމިއުނިކާއި ރެއާލްމެޑްރިޑް ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ބަޔާންގެ ދަނޑުގައެވެ. ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

ރެއާލްމެޑްރިޑާއި އާއި ބަޔާންމިއުނިކް މި މުބާރާތުގެ ސެމީގައި އެންމެފަހުން ބައްދަލުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެފަހަރު ދެ ލެގުން ވެސް މޮޅުވެފައިވަނީ ރެއާލްމެޑްރިޑެވެ.

މީގެއިތުރުން ރެއާލްމެޑްރިޑާއި ބަޔާންމިއުނިކް މިމުބާރާތުގެ މިދިޔަ ސީޒަނުގެ ކުއާޓާފައިނަލްގައި ވެސް ބައްދަލުކޮށްފައިވެއެވެ.. އެފަހަރު މިދެޓީމް ބައްދަލުކުރި ދެމެޗުންވެސް މޮޅުވެފައިވަނީ ރެއާލްމެޑްރިޑެވެ.

ރޯމާ އާއި ލިވަޕޫލް ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު ލިވަޕޫލްގެ ދަނޑުގައެވެ. ރޯމާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

ރޯމާ އާއި ލިވަޕޫލް ޗެމްޕިއަންސް ލީގުގައި އެންމެފަހުން ބައްދަލުކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ. އެފަހަރު މި ދެ ޓީމު ވެސް އެއް ގްރޫޕެއްގައި ހިމެނުނުއިރު  ރޯމާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ނަމަވެސް ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު 0-2 އިން ކާމިޔާބުކުރީ ލިވަޕޫލެވެ

މިމުބާރާތުގެ ސެމީފައިނަލުން ލިވަޕޫލް  ޖާގަހޯދީ ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ  ކްއާޓާފައިނަލްގެ ދެމެޗުންވެސް ދެރަކޮށްފައެވެ.

ރޯމާ ސެމީފައިނަލުން ފުރުސަތު ހޯދާފައިވަނީ ކްއާޓާފައިނަލްގެ ފުރަތަމަ މެޗްގައި 4 ލަނޑު 1 ލަނޑުން ބާސެލޯނާ މޮޅުވެފައވަނިކޮށް ކްއާޓާފައިނަލްގެ ދެވަނަ ލެގްގައި 3 ލަނޑު 0 ލަނޑުން ބާސެލޯނާ ދެރަކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް، ލިވަޕޫލް ސުޕަކަޕް ކާމިޔާބުކޮށްފި

ރޭ ކުޅުނު ޔޫއެފާ ސުޕަ ކަޕްގެ މެޗް ކާމިޔާބުކޮށް ލިވަޕޫލް ތަށި ހޯދައިފިއެވެ. ތުރުކީގެ އިސްތަންބުލްގައި ކުޅެވުނު ޔޫއޭފާ ...

ދިވެހީން ސަޕޯޓްކުރާ ލިސްޓުގެ އެންމެކުރީގައި އުޅޭ އެންމެ މަގުބޫލް އެއްޓީމަކީ އިޓަލީ

ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ވޯލްޑްކަޕަށްފަހު ބޭއްވޭ އެންމެ ފުޓްބޯޅަ މުބާރާތެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތާއި ވޯލްޑްކަޕަކީވެސް ދިވެހީން ވަރަށް ...

ލިވަޕޫލްގެ ހަގީގީ ފެންވަރު ބަޔާނާ ދެކޮޅަށް ދައްކައިފި – ކޯޗް ކްލޮޕް

ލިވަޕޫލްގެ ހަގީގީ ފެންވަރު ބަޔާނާ ދެކޮޅަށް ދައްކައިފިކަމަށް ކްލޮޕް ބުނެފިއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަބުރުގައި ...