ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތް: ޖަރުމަން ޗެމްޕިއަންކަން ހޯދައިފި

advertisement

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖަރުމަނުޓީމް ހޯދައިފިއެވެ.

ޖަރުމަނުޓީމުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ފައިނަލްމެޗްގައި ޕޯޗްގަލްއާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުން މޮޅުވެގެންނެވެ.

ސްލޮވޭނިޔާގައި ރޭ ކުޅެވުނު މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ދާދިހަމަހަމަ ވާދަވެރި ކުޅުމެކެވެ. އެހެންނަމަވެސް  ދެވަނަ ހާފް ފެށިގެން ހަތަރުވަނަ މިނެޓު ގައި ޖަރުމަނުން ވަނީ އެޓީމުން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ލޫކަސް ނިމެޗާއެވެ. މިލަނޑަކީ އެޓީމުގެ ރިޑެލް ބަކޫގެ ތަނަވަސްކޮށްދިން ފުރުސަތަކުން ނިމެޗާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ޖަރުމަނުޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދުމުން ޕޯޗުގަލް ޓީމުގެ ކުޅުންތެރީންވެސް އިތުރަށް ކުޅުން ރަގަޅުކޮށް މެޗްގެ  ނަތީޖާ ހަމަހަމަ ކުރަން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައީ 1 ލަނޑު 0 ލަނޑުން ޖަރުމަން މެޗް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.  

މިމުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ  ޕޯޗުގަލްގެ ފަބިއޯ ވިއެރާއެވެ. މިމުބާރާތުގައި 4 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޭގެ މެޗްގައި ޖަރުމަންޓީމަށް ލަނޑު ކާމިޔާބުކޮށްދީ ޗެމްޕިއަންކަން ހޯދައިދިން  ނިމެޗާއެވެ.

 މިއީ ޖަރުމަނުވިލާތުގެ ޓީމް މިމުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ދާވަކުރާ ތިންވަނަ ފަހަރެވެ. މީގެ ތެރެއިން 2017 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޖަރުމަންޓީމް ހޯދިކަމުގައިވިޔަސް 2019 ވަނައަހަރުގެ ފައިނަލްގައި ޖަރުމަންވަނީ ސްޕެއިން އަތުން ބަލިވެފައެވެ

ޕޯޗުގަލްއަށް ބަލާއިރު މިއީ ޔުއެފާ އެކާވިސް އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އެގައުމު ބަލިވި ތިންވަނަ ފަހަރެވެ. މީގެ ކުރިން 1994، 2015 ވަނަ އަހަރުވެސް ފައިނަލުގައި ކުޅެ ޕޯޗުގަލް ވަނީ ބަލިވެފައެވެ.

މިމުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ  ޕޯޗުގަލްގެ ފަބިއޯ ވިއެރާ
އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓު ހޯދި ޖަރުމަންގެ  ނިމެޗާ

ތަފްސީލް އަންނަނީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތުރުކީ އާއި ސީރިއާއަށް ރާއްޖެއިން އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރަނީ

ތުރުކީ އަދި ސީރިޔާ ބޯޑަރު ކައިރިއަށް އައި ދެ ބިންހެލުމާ ގުޅިގެން އެ ދެ ގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ...

ހޯމައިން ފެށިގެން ހުއްދަ ނުނަގައި ބޭރުގައި އުޅެވޭނެ، ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު

މިމަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ...

މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންނަށް އަނިޔާވެރިވާކަށް ނޫން – ރޮޒެއިނާ

މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންތަކަކަށް އަނިޔާވެރިވާން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ...