މެސީގެ ހެޓްރިކާއެކު 4-1 ގެ ނަތީޖާއަކުން ބާސެލޯނާ އިން ރެއާލްބެޓިކްސް ގެ މައްޗަށް ކުރިހޯދައިފި

ސްޕެނިޝް ލީގުގައި ރެއާލްބެޓިކްސްއާއި ބާސެލޯނާ ވާދަކުރިމެޗު މެސީގެ ހެޓްރިކާއެކު 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.

ރެއާލްބެޓިކްސްގެ ދަނޑުގައި ރޭ ކުޅެވުނު މިމެޗް ބާސެލޯނާ ކާމިޔާބުކުރި އިރު، މިމެޗުގައި މެސީ ވަނީ އޭނާ ކެރިއަރުގައި ހެދި 51 ވަނަ ހެޓްރިކް ހަދާފައެވެ.

މިމެޗުން މޮޅުވެ ބާސާ އޮތީ 10 ޕޮއިންޓްގެ ލީޑެއްގައެވެ. އެއީ 28 މެޗުން 66 ޕޮއިންޓް ލިބިގެންނެވެ. ޕޮއިންޓް ޓޭބަލްގެ ދެވާނާގައިއޮތް އެތުލެޓިކޯ މެޑްރިޑް އަށް 28 މެޗުން ލިބިފައިވަނީ  58 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ރެއާލް މެޑްރިޑު 28 މެޗު ކުޅުނު އިރު،  އެޓީމަށް ލިބިފައިވަނީ  54 ޕޮއިންޓެވެ.

ރޭގެ މެޗުގައި ބާސެލޯނާ ފުރަތަމަ ލީޑު ނެގީ މެޗްގެ 18 ވަނި މިނިޓްގައި މެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެމުންދަނިކޮށް  45 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީވެސް މެސީއެވެ.

ދެ ދަނޑުގެ ލީޑަކާއެކު ބާސެލޯނާ އިން ފުރަތަމަ ހާފް ނިންމާލި މިމެޗްގެ ދެވަނަ ހާފްގެ ކުޅުން ފަށައިގެން 63 ވަނަ މިނިޓްގައި ސުވަރޭޒްވަނީ ބާސެލޯނާގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިމެޗްގައި ރެއާލްބެޓިކްސްއިން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު 82 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މޮރޯންއެވެ.

ރެއާލްބެޓިކްސްއިން މި ލަނޑު ކާމިޔާބުކުރިތާ 2 މިނިޓްފަހުން ރޭގެ މެޗްގައި ތަފާތު މޮޅުކުޅުމެއްދެއްކި މެސީ މިމެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 85 ވަނަ މިނިޓްގައި ކާމިޔާބުކޮށް މިމެޗްގައި ހެޓްރިކްހަދާ މެޗްގެ ނަތީޖާ 4-1 ބަދަލުކޮށްދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެމްޕިއަންސްލީގު ކްއާޓަރ ފައިނަލްގައި ރެއާލްއާއި ޔުވެންޓަސް

މިދިޔަ އަހަރުގެ ޗެމްޕިއަންސްލީގު ފައިނަލްގައި ކުޅުނު ދެޓީމް މިފަހަރު ކްއާޓަރ ފައިނަލްގައި ވާދަކުރަން ޖެހިއްޖެއެވެ. ދާދި ދެންމެއަކު ކްއާޓަރ ...

ކްރިސްޓަލް ޕެލަސްގެ މައްޗަށް ލިވަޕޫލްއިން ކުރިހޯދައިފި

އިނގިރޭސި ޕްރިިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ކްރިސްޓަލްޕެލަސް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ  މިމެޗު ...

ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑް ހޯދައިފި

ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑް ހޯދައިފިއެވެ. ރެއާލްމެޑްރިޑް ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަންހޯދީ ރޭ ކުޅެވުނު  ފައިނަލުގައި ...