ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އާއި ބައްދަލުކޮށް ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެއްޖެވެ.

ރޭ ސީއެސްކޭގެ ދަނޑުގައި ކުޅެވުނު މިމެޗު ސީއެސްކޭއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ސީއެސްކޭއަށް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑު މެޗް ފެށިގެން 2 މިނިޓްގެ ތެރޭގައި ރެއާލްގެ ޓޯނީ ކްރޫސް އާއި ރަފައެލް ވެރޭން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން  ސީއެސްކޭއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ  ނިކޮލާ ވަސިޗްއެވެ.

ރޭގެ މެޗްގައި ސީއެސްކޭއަށް ލަނޑު ކާމިޔާބުކޮށްދިން ނިކޮލާ ވަސިޗް

ސީއެސްކޭއޭ އިން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދުމުން  ރެއާލްމެޑްރިޑުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށް  ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސީއެސްކޭގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވި ނަމަވެސް  މިމެޗް ނިމިގެން ދިޔައީ ރެއާލްމެޑްރިޑަށް ލަނޑެއް ކާމިޔާބުނުކުރެވި 1 ލަނޑު 0 ލަނޑުން ރެއާލްމެޑްރިޑް ބަލިވެގެންނެވެ.

ރޭގެ މެޗުގައި ރެއާލްމެޑްރިޑަށް ލަނޑެއް ކާމިޔާބު ނުކުރެވުނުއިރު، މިއީ 2016 އޭޕްރިލް  ގައި މެންޗެސްޓާ ސިޓީއާ ބައްދަލުކުރި މެޗުގެ ފަހުން ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

އަދި މީގެ އިތުރަށް ރެއާލްމެޑްރިޑު އެންމެ ފަހުން ސްޕެނިޝް ލީގުގައި ކުޅުނު 2 މެޗުގައިވެސް ލަނޑެއް ޖެހިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ސްޕެނިޝްލީގުގައި  އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑާއި ރެއާލްމެޑްރިޑަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، އޭގެ ކުރިން ކުޅުނު މެޗުން ސެވިއްޔާއާއި ބައްދަލުކޮށް ބަލިވެފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ.

ތިރީގައިވަނީ ރެއާލް މެޑްރިޑާއި ސީއެސްކޭ ބައްދަލުކުރިމެޗްގެ ތެރެއިން ނެގިފައިވާ ފޮޓޯ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖަރުމަނު ބަލިކޮށް އިންގްލެންޑުން ފުރަތަމަ ފަހަރަށް އަންހެނުންގެ ޔޫރޯ ކާމިޔާބުކޮށްފި

އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 2-1 އިން ޖަރުމަނު ބަލިކޮށް އިންގްލެންޑުން އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ...

ފަހަތުން އަރައި ޗެލްސީ ބަލިކޮށް، އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފި

ފަހަތުން އަރައި ޗެލްސީ ބަލިކޮށް، އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފިއެވެ. މުބާރާތުގެ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ...

ލިވަޕޫލް ކަޓުވާލައި އެތުލެޓިކޯ ކުއާޓާއަށް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑުގެ ލިވަޕޫލް ކަޓައިފި އެވެ. ލިވަޕޫލް ...