ހިތަދޫޓީމް ފައިނަލް ބުރުގެ މެޗްތައް ކުޅެންޖެހެނީ ފ. ނިލަންދޫގައި

މިނިވަން ޗެމްޕިއަންޝިޕުގެ އައްޑޫ ޗެމްޕިއަން އަދި   ޒޯން 8 ގެ ޗެމްޕިއަން އައްޑޫސިޓީ ހިތަދޫ ޓީމް ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ފައިނަލްބުރުގައި ކުޅެންޖެހޭ މެޗްތައް ފ. ނިލަންދޫގައި ކުޅެން ޖެހޭގޮތައް ހަމަޖެހިހިއްޖެވެ.

މިގޮތައް ހަމަޖެހުނީ މިނިވަން ޗެމްޕިއަންޝިޕުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ފައިނަލް ބުރު ށ. ފޯކައިދޫ އާއި ފ. ނިލަންދޫގައި ކުޅޭ ގޮތަށް އެފްއޭއެމުން ހަމަޖައްސުމާއި ގުޅިގެންނެވެ. .

މިގޮތުން ނިލަންދޫގައި ކުޅޭނީ  ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި އެ ރަށުގެ ޓީމާއި ޒޯން ހަޔެއްގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި ޒޯން ހަތެއްގެ ޗެމްޕިއަން ގދ. ހޯޑެއްދޫ އަދި ޒޯން އަށެއްގެ ޗެމްޕިއަން ސ. ހިތަދޫ އެވެ. އަދި މީގެ އިތުރަށް މިދިޔަ އަހަރު ލީގުގައި ވާދަކުރި ދ. ކުޑަހުވަދޫ ވެސް ކުޅޭނީ މި ބުރުގަ އެވެ.

ފޯކައިދޫގައި ކުޅޭނީ  ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި އެ ރަށުގެ ޓީމުގެ އިތުރުން ޒޯން އެކެއްގެ ޗެމްޕިއަން ހއ. މުރައިދޫ އާއި ޒޯން ތިނެއްގެ ޗެމްޕިއަން ބ ފެހެންދޫ އާއި ޒޯން ހަތަރެއްގެ ޗެމްޕިއަން އދ. ފެންފުށި އަދި މިދިޔަ ސީޒަނުގައި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި އއ. މާޅޮހެވެ.

ފަސް ޓީމު ހިމެނޭ ދެ ގްރޫޕުގެ މެޗުތައް ފަށާނީ މި މަހު 20 ވަނަ ދުވަހު އެވެ. ދެ ގްރޫޕުގެ މެޗުތަކަށް ފަހު ސެމީ އޮންނާނީ އަންނަ މަހު 3 އާއި 4 ވަނަ ދުވަހު އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހު މާލޭގަ އެވެ.

މި ފަހަރު ވެސް މި މުބާރާތުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތުދޭން ވަނީ ނިންމައިފަ އެވެ. ޕްރިމިއާ ލީގުގައި ދެން ވާދަކުރާނީ މިހާރު ކުރިއަށްދާ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫތުޗެލެންޖެ 2020- ގުސީއާއި ރައްޔުގެ ހެޓްރިކާއެކު ބޮޑު ތަފާތަކުން އެފްސީ އަމީގޯ މޮޅުވެއްޖެ

ގުސީއާއި ރައްޔުގެ ހެޓްރިކާއެކު މީދޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހު ކުޅެވުނު މެޗްގައި ވަރުގަދަ ...

މަރަދޫފޭދޫ ޓީމަކާ މީދޫ ޓީމަކާ ދެމެދު ކުޅެވޭ ވޮލީމެޗެއް މިއަދު ހަވީރު އޮންނާނެ

އަޟްހާއީދާއި ގުޅުވައިގެން މީދޫ ޓީމަކާއި މަރަދޫފޭދޫ ޓީމަކާއި ދެމެދުކުޅެވޭ  އެކުވެރިކަމުގެ ވޮލީ މެޗެއް މިއަދު އޮންނާނެއެވެ. މީދޫ އިޖްތިމާއީ ...

ދާދުގެ 4 ލަނޑާއެކު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާންގެ މައްޗަށް ރާއްޖެ ކުރިހޯދައިފި

އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗްގައި ބޫޓާނާއި ދެކޮޅަށް ރޭ ރާއްޖޭގެ ގައުމީޓީމު ކުޅުނު މެޗް 7 ލަނޑު ...