ރާއްޖެ އިޝްތިހާރުކުރުމަށް އެމެރިކާގައި ރޯޑްޝޯތަކެއް ބާއްވަނީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕްރޭޓާރސް (މަޓާޓޯ) އިން އެމެރިކާގައި ބާއްވާ އައުޓްބައުންޑް ޓްރެވެލް ރޯޑްޝޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ އޮކްޓޯބަރ މަހުގައި ބާއްވާ ރޯޑްޝޯގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެ އެސޯސިއޭޝަނުން ވަނީ މިމަހު 29 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ރޯޑްޝޯތައް އޮންނާނީ ޗިކާގޯ، ނިއުޔޯކް އަދި މައޭމީ ގައެވެ. މި އައުޓްބައުންޑް ރޯޑްޝޯތަކުގައި ބީޓުބީ އިވެންޓްތައް ކުރިއަށްދާނެކަމަށް މަޓާޓޯއިން މައުލޫމާތުދެއެވެ. އަދި ދުނިޔޭގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންޓުންނާއި ބައްދަލުވެގެންދާނެކަމަށް މަޓާޓޯއިން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމެރިކާ ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ޖަނަވަރީ މަހުގެ ތެރޭގައި އެ ސަރަހައްދުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ ހަހާސް ފައްސަތޭކަ އަށްޑިހަ އެކެކެވެ. މިއީ 2017 ވަނައަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު 20.5 އިންސައްތަ އިތުރު އަދަދެކެވެ. 2017 ވަނަ އަހަރުގެ ޖަނަވަރީ މަހު އެމެރިކާ ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރީ ފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ހަތަރު ފަތުރުވެރިންނެވެ.

  • ކޮމެންޓްސް (1)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުރީދޫގެ އިންޓަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް

އުރީދޫގެ އިންޓަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. އޫރިދޫ އިންޓަނެޓް ޕެކޭޖްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާއިރު، ޖުލައި 1 ...

ކުޅުދުއްފުށިން ސިންގަޕޫރާއި ޔޫރަޕަށް ގުޅުވާލަދޭ ސަބްމެރިން ކޭބަލެއް އުރީދޫން އަޅަނީ

އުރީދޫއިން ޕީސް ސަބްމެރިން ކޭބަލެއް މެދުވެރިކޮށް، ކުޅުދުއްފުށި ސިޓީއާއި ސިންގަޕޫރާއި ޔޫރަޕުގެ ގައުމުތައް ގުޅުވައިލަދޭ ކަނެކްޝަނެއް ގާއިމްކުރަން ނިންމައިފައިވާކަން ...

ކަރަންޓު ބިލް ދެއްކުމަށް ފެނަކައިން އެޕެއް ތައާރަފްކޮށްފި

ކަރަންޓު ބިލް ދެއްކުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެޕެއް ތައާރަފްކޮށްފި އެވެ ފެނަކައިން މިއަދު ބުނީ ފެނަކަ ބިލް-ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ...