މިނީ ބަހަށް އުދަނގޫވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖަހައި، ޓޯ ކުރަނީ

މިނީ ބަހަށް އުނދަގޫވާ ގޮތަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހައި ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބަސް ދަތުރުކުރާ ރޫޓުތަކުގައި ޕާކުކުރުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އަދިވެސް ބައެއް މީހުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކު ކުރަމުންދާތީ، މިނީ ބަހުގެ ހިދުމަތަށް ކޮންމެވެސް ވަރެއްގެ އުދަނގޫތަކެއް ކުރިމަތިވި އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، މިނީ ބަހުގެ ހިދުމަތް ފެށުމާއެކު މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކުކުރުން މަނާކޮށްފައިވާ އިރު، ބަސް ރޫޓަށް އުނދަގޫވާ ގޮތަށް، ޕާކުކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކާ ޖަހާނެ ކަމަށެވެ.

އަދި ޓޯ ކުރަންޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ތިން ރޫޓެއް ކަނޑައަޅާފައިވާ އިރު، އެ ރޫޓްތަކުގައި ޖުމުލަ 40 ބަސްސްޓޮޕް ވަނީ ހަދައިފަ އެވެ. އަދި އެ ހިދުމަތް ދިނުމަށް 18 ބަސް ދަނީ ބޭނުން ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދަން އާސަންދަ ދިނުން ހުއްޓައެއްނުލާ – އާސަންދަ

ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދަން އާސަންދަ ދިނުން ހުއްޓާނުލާ ކަމަށް އާސަންދަ އޮފީހުން ބުނެފިއެވެ. ކެންސަރަށް ފަރުވާ ...

އާބަންކޯގެ ސީއޯއޯއަކަށް އަހުމަދު އިބްރާހިމް

އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމަށް އަހުމަދު އިބްރާހިމް (ޕޮކްމަން) އައްޔަނުކޮށްފިއެވެ. އާބަންކޯގެ ސީއޯއޯ އަކަށް އަހުމަދު ...

ދައުލަތުގެ ވެރިންގެ މުސާރަތައް މިއަހަރުގެ ނިޔަލަށް ކޮށާލަންޖެހޭ – ޒަރިޔަންދު

ދައުލަތުގެ ވެރިންގެ މުސާރަތައް މި އަހަރުގެ ނިޔަލަށް “ކޮށާލަން” ޖެހޭކަމަށް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ. ...