ބޭރުގެ ފައިސާ ގެނެވޭގޮތަށް ބީއެމްއެލުން އަލުން އީ-ވޮލެޓުގެ ހިދުމަތް ފަށައިފި

ޑިޖިޓަލް ވޮލެޓު ހިމެނޭހެން އޮންލައިންކޮށް ފައިސާ ޓްރާންސްފަރކުރެވޭ ޕްލެޓްފޯމްތަކުން މުއާމަލާތުކުރެވޭ ގޮތް އަލުން ބީއެލްއެލުން ހުޅުވާލައިފި އެވެ.

ބޭރުގެ ޕްލެޓްފޯމުތަކުގައި ޑޮލަރުގެ މުއާމަލާތްތަކާއި ޑިޖިޓަލް ވޮލެޓުގެ ހިދުމަތް ބީއެމްއެލްއިން ބްލޮކުރީ 2020 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި، އޭރު އެފިޔަވަޅު އެޅީ ބޭރުގެ ފައިސާ ރާއްޖެއިން ބޭރުވުން ކޮންޓްރޯލްކުރުމަށާއި ރާއްޖެއަށް އެތެރެކުރަންޖެހޭ ކޮންމެހެން މުހިންމު ކަންކަމަށް ބޭރުގެ ފައިސާ ބެހެއްޓުމުގެ ގޮތުންނެވެ. އެ ދުވަސްވަރަކީ ކޮވިޑު-19ގެ ދުވަސްވަރަށްވުމުން ޑޮލަރު ލިބުމުގެ ދަތިކަންވެސް ރާއްޖޭގެ އިތުރުން އެކި ތައުމުތަކަށް އޭރު ކުރިމަތިވި އެވެ.

ބީއެމްއެލުން ބުނީ މީގެ ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާރޗަންޓުން ނުވަތަ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައްކުރެވޭ ޕްލެޓްފޯމުތަކާއި ޑިޖިޓަލް ވޮލެޓުތަކުގެ ހިދުމަތްތައް އަލުން މުއާމަލާތްކުރެވޭގޮތް ހަމަޖައްސައިފައިވާ ކަމަށެވެ.

އަލުން ބޭރުގެ ޕްލެޓްފޯމުތަކުން ފައިސާގެ މުއާމަލާތުކުރެވޭގޮތް މިއަދު ހަމަޖެހުމާއެކު ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ، ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް، ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި، ފައިސާ ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.

އަދި މި ކާޑުތަކުގެ އިތުރުން ކާޑުގެ މައިގަނޑު އެކައުންޓެއްގެ ގޮތުގައި ޑޮލަރު އެކައުންޓާއެކު ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އީއޯ ކާރލް ސްޓުމްކަ ވިދާޅުވީ މި ބަދަލު ގެނައުމަށް ނިންމީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި ކުދި ވިޔަފާރިވެރިންނަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ ޢާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭކަން ކާރލް ސްޓުމްކަ ފާހަގަކުރެއްވިއެވެ.

“ހަމައެހެންމެ މިއީ ބޭންކިންގ އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްވެސްމެ.” ސީއީއޯ ވިދާޅުވި އެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޯދައިގެ ކުރިން ވިންޓަރ ޕާކު ހުޅުވަނީ

ރަސްރަނި ބަގީޗާގައި ތަރައްޤީ ކުރާ ވިންޓާރ ޕާކު މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ހައުސިން މިނިސްޓަރު ...

ހުވަދު އަތޮޅަށް ދެ އިންޓަނޭޝަނަލް އެއާޕޯޓްގެ ވައުދު

އިންޓަރގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކާއި އެކު ގދ. ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ނުކުރެވޭނަމަ، ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ...

ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފި

ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. އަލީ މުހައްމަދު އެމްޑީޕީއަށް ރޭ ސޮއިކުރައްވާފައިމިވަނީ ރަށްޔިތުންގެ މަޖިލިހުގެ ...