ޗެމްޕިއަންސްލީގު : ޔުނައިޓެޑް ކަޓުވާލުމަށްފަހު ސެވިއްޔާ ސެމީފައިނަލަށް

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި އެޓީމް  ބަލިކޮށް ސްޕެއިންގެ ސެވިއްޔާ ކުއާޓާ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

މިދެޓީމްގެ ދެމެދުގައި ކުޅެވުނު ފުރަތަމަ ލެގްގެ މެޗް ސެވިއްޔާ ދަނޑުގައި ކުޅެ ލަނޑެއް ނުޖެހި އެއްވަރު ވެފައިވަނިކޮށް،  މެންޗެސްޓަރ ޔުނައިޓެޑްގެރޭ އޯލްޑްޓްރޮފޯޑްގައި ކުޅުނު މެޗުން ސެވިއްޔާ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގައި ސެވިއްޔާއަށް ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބެން ޔަދާ އެވެ.

ފުރަތަމަ ލެގު އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރެން މަޖުބޫރު މެޗަކަށް ދެ ޓީމުން ރޭ ނުކުތްއިރު، ޔުނައިޓެޑްގެ އެންމެ މުހިންމު އެޓޭކިންގ މިޑްފީލްޑަރ ޕޮގްބާ މެޗަށް މުޅިން ފިޓް ނުވާތީ ޔުނައިޓެޑުން މެޗު ފެށީ  ޕޮގްބާގެ ބަދަލުގައި ފެލެއިނީ އަރުވައިގެންނެވެ.  އެހެން ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ޕޮގްބާ ކުޅެން ނުކުތެވެ.

ރޭގެ މެޗްގައި  ސެވިއްޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ޔުނައިޓެޑަށްވުރެ ގިނަ ހަމަލާތައް އުފެއްދިއެވެ.

ނަތީޖާއެއްގެ ގޮތުން ސެވިއްޔާއިން މިމެޗްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބެންޔަދާ އެވެ. ބެން ޔަދާ މި ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ އެންމެ ދެ މިނެޓުގެ ތެރޭގައެވެ.

ސެވިއްޔާ ލަނޑެއް ޖަހާކުރިހޯދުމުން ކްއާޓާފައިނަލުން ޖާގައެއް ހޯދުމަށް  2 ލަނޑު ޖަހަން މަޖުބޫރު ވެފައިއޮތް މެންޗެސްޓާ ޔުނައިޓެޑްގެ އުންމީދުގެ ހުޅުކޮޅު މުޅިން ނިވުނީ ސެވިއްޔާއިން ފުރަތަމަ ލަނޑު ކާމިޔާބުކުރިތާ 4 މިނިޓް ފަހުން އަނެއްކާ ވެސް ބެންޔަދާ ސެވިއްޔާއަށް 2 ވަނަ ލަނޑު ކާމިޔާބު ކާމިޔާބުކޮށްދިނުމުންނެވެ.

ސެވިއްޔާއިން ދެ ގޯލް  ކާމިޔާބުކުރުމުން ޔުނައިޓެޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހި ކުޅެމުންގޮސް  ލުކާކޫ ވަނީ 84 ވަނަ މިނިޓްގައި އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ރަޝްފޯޑް ވެސް ވަނީ ސެވިއްޔާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް މެޗް ނިމިގެންދިޔައީ ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުން ޖާގަނުލިބި  މުބާރާތުން ޔުނައިޓެޑް ކެޓިއިރު، ފާއިތުވި އަށް އަހަރު ތެރޭގައި އެޓީމަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ދަތުރުކުރެވުނީ އެންމެ ފަހަރަކުއެވެ. އަނެއްކޮޅުން މިއީ މި މުބާރާތުގެ ކުއާޓާ އަށް ސެވިއްޔާ ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖަޕާނުން ޖަރުމަނު ބަލިކޮށް ހައިރާންކަން ގެނުވައިފި، ވޯލްޑްކަޕުގައި ގަދަބާރުތަކަށް ދަށް ފެށުމެއް!

ގަތަރު ވޯލްޑްކަޕް 2022 ގައި މިއަދު އޭޝިއާގެ ގަދަބާރު ޖަޕާނުން ފަހަތުން އަރާ 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު ...

ޗެމްޕިއަން ފްރާންސުން އޮސްޓްރޭލިއާގެ މައްޗަށް ފަސޭހަ މޮޅަކާއެކު ފެށުން ރަނގަޅުކޮށްފި

ގަތަރު ވޯލްޑް ކަޕް 2022 ގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސުން އޮސްޓްރޭލިއާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި އެވެ. ...

ޔޫރޯ 2020 : ރޭ ކުޅެވުނު 3 މެޗް ކާމިޔާބުކުރީ ރަޝިޔާ ، ވޭލްސް އަދި އިޓަލީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފިންލެންޑް އަތުން މޮޅުވެ، ރަޝިއާއިން މުބާރާތުގެ 2 ވަނަ ބުރުން ޖާގަ ހޯދުމުގެ ...