ޘާނަވީ އިމްތިހާނުގެ ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަހަރަކާތްތަކެއް ބާއްވައިފި

މިދިޔަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން، ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ބާއްވައިފިއެވެ.

މިގޮތުން މިއަދު ކުރިއަށް ގެންދިޔަ ޙަރަކާތްތައް ފެށިފައިވަނީ ރޭގެ ފަތިސްނަމާދުންނެވެ. މިގޮތުން ސްކޫލުތަކުގައި ޖަމާޢަތުގައި ކުރެވުނު ފަތިސްނަމާދަށްފަހު ކީރިތި ޤުރުއާން ޚަތިމްކުރުމުގެ ޚާއްޞަ ޙަރަކާތްތަކެއް ސްކޫލްތަކުގައި ކުރިއަށް ގެންދެވުނެވެ.  އަދި ހެނދުނު 7 ޖެހިއިރު ، ސްކޫލްތަކުގައި ޚާއްޞަ އެސެމްބްލީއެއް ބާއްވާފައިވާއިރު މި އެސެމްބްލީއަށްފަހު، ދަރިވަރުންގެ ޚާއްޞަ ޙަރަކާތްތަކެއްވެސް ސްކޫލްތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކުން ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާންތަކުގައި 5467 ދަރިވަރުން ބައިވެރިވެފައިވާއިރު މީގެ ތެރެއިން 5 މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް %77 އަށް އަރާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. މިނަތީޖާއަކީ ތަޢުލީމީ ދާއިރާގައި ޒަމާނުއްސުރެ ޙާޞިލްކުރަން ކަނޑައަޅާފައިވާ 60 އިން ސައްތައިގެ ލަނޑުދަނޑިއަށްވުރެ 17 އިން ސައްތައިގެ ކުރިއެރުމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޘާނަވީ ތަޢުލީމު ފުރިހަމަކޮށް ނުކުންނަ ކޮންމެ ކުއްޖަކީ މަތީޘާނަވީ ތަޢުލީމަށް ޤާބިލް ކުއްޖަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސިޔާސަތުގެ ދަށުން، ޘާނަވީ ތަޢުލީމުގެ މަރުޙަލާ ފުރިހަމަކުރާ ކޮންމެ ކުއްޖަކީވެސް މަދުވެގެން 3 މާއްދާއިން “ސީ” ފާސް ނުވަތަ އެފެންވަރުގެ ފާހެއް ލިބިފައިވާ ދަރިވަކަށް ހެދުމަށް ކުރެވޭ މަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު މިއަދަދު 79 އިންސައްތަގައި ހުރިއިރު 2017 ގައި މިއަދަދު 92.89 އިންސައްތައަށް މަތި ކުރެވިފައިވާކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ: ސުޕްރީމް ކޯޓު

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ...

އައްޑޫއާއި ފުވައްމުލަކަށް ވެމްކޯގެ “ކެޕްސް” ޚިދުމަތް ތަޢާރަފްކުރަނީ

އައްޑޫ އާއި ފުވައްމުލައް ސިޓީގައި ވެމްކޯގެ “ކެޕްސް” ޚިދުމަތް ތަޢާރްފަކުރުމަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ބުނފިއެވެ. ކޯލް އެންޑް ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 11 ޑިސެމަބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...