ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން އައްޑޫސިޓީ މީދުން އަންނަނީ ތައްޔާރުވަމުން

މަޝްހޫރު ދިވެހި ފަންނާނުންގެ މިއުޒިކް ޝޯވތަކާއި ތަފާތު އެކިކުޅިވަރުތައް ހިމެނޭގޮތައް ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން އައްޑޫސިޓީ މީދުން އަންނަނީ ތައްޔާރުވަމުންނެވެ.

މީދޫގައި ކުރިއަށް ގެންދެވޭ  އީދު ކުޅިވަރު ހަރަކާތްތަކުގައި އިސްކޮށް އުޅޭ އޮފިޝަލަކު “ވީއޯއެމް” އަށް މައުލޫމާތު ދެމުން ބުނީ އަތޮޅު ފެންވަރުގައި  ފާހަގަކޮށްލެވޭ ފަދަ ކުޅިވަރު ހަރަކާތްތަކެއް މި ފަހަރުގެ ބޮޑުއީދުގައި ކުރިޔަށް ގެންދަން، މީދޫ ތައްޔާރުވަމުން އަންނަ ކަމަށެވެ. މި ފަހަރުގެ އީދު ފުރިހަމަ އީދަކަށް ހެދުމަށް ފަށާފައިވާ މަސައްކަތުގައި  ވަރަށް ގިނަފަރާތްތަކުގެ އެހީތެރިކަން ލިބެމުންދާކަމަށްވެސް  އޭނާ ބުންޏެވެ.

މި ފަހަރުގެ ބޮޑު އީދާއި ގުޅިގެން މީދޫގައި ކުރިއަށް ގެންދާ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މީދޫ ޒުވާނުން ނާއި މީދޫ އަވަށު އޮފީހާއި ކުލަބު ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ކުޅިވަރުތައް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މާލޭގައި ހަރަކާތްތެރިވާ މީދޫގެ ޒުވާނުން ކަމަށް ވެސް އޭނާ ބުންޏެވެ.

މީދޫގައި  މި ފަހަރު ބޭއްވޭ އީދު ކުޅިވަރުތައް ކުރިއަށް  ގެންދެވުމަށް ރާވާފައިވަނީ އިސްރަށްވެހީންގެ ބައިވެރިވުން ވެސް ހިމެނޭ ގޮތަށްކަމަށް މައުލޫމާތު ލިބިފައިވާއިރު  މި ފަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ކުރިޔަށް ގެންދާ އެކިއެކި ހަރަކާތްތަކުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިނުވާ އެއްވެސް ގެއެއް މީދޫގައި ނުހުންނާނެކަމަށް ވެސް ކުޅިވަރުތައް އިންތިޒާމްކުރުމަށް އިސްކޮށް ހަރަކާތްތެރިވާ  ގްރޫޕުގެ ބޭފުޅަކުވަނީ މައުލޫމާތު ދީފައިވެއެވެ.

ބޮޑުއީދުގައި މީދޫގައި ކުރިޔަށް ގެންދާ ބައެއް ހަރަކާތްތައް:

9 ޖުލައި 2022

  • އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން 7:30
  • އީދު ސައި 8:00
  • ދުވުން 10 ކިލޯ މީޓަރ 15 ކިލޯ މީޓަރ 16:00
  • ފެންކުޅި 16:30
  • ހަވީރު ސައި 17:30
  • އިސްރަށްވެހިންގެ ހަވީރު 17:30
  • މިޔުޒިކް ޝޯޥ 20:30

10 ޖުލައި 2022

  • ތެކުދީންގެ ހަވީރު 16:00
  • މަސްރޭސް 16:00
  • އީދު ހަދިޔާ 16:30
  • ބޮނޑޮ ޗުކީ 16:30
  • ޕާކްވޮލީ 16:30
  • މިއުޒިކް ޝޯވް 20:30

11 ޖުލައި 2022

  • މާލި ޕެރޭޑް 16:00
  • ބޮނޑޮ މަހުގެ ކުޅިވަރު 16:00
  • އިހުގެ ހަރަކާތް 16:30
  • ވާދެމުން  16:30
  • ކޭމާ 20:30
  • މިއުޒިކް ޝޯވް 20:30
  • އެވޯޑް ދިނުމުގެ ރަސްމިއްޔާތު 20:30
  • އީދު ޝޯވް 20:30
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައްޔިތުން ނިންމާ ނިންމުމަކަށް، އިޚުތިރާމްކޮށް ޤައުމާއިގެން ކުރިއަށް ދާންޖެހޭ: ނައިބް ރައީސް

މިއަދުގެ ވޯޓުލުން ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ރައްޔިތުން ނިންމާ ކޮންމެ ނިންމުމަށް އިޚުތުރާމުކޮށް ޤައުމާއިގެން ކުރިއަށް ގެންދަން ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 05 އޮގަސްޓް  2022 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

ސަރުކާރާއި ސުކޫލްތައް އިތުރު ހަފްތާއަކަށް ބަންދުކުރަން ނިންމައިފި

އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުންވެސް ބަންދުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.މިކަން ...