އިންޑިއާގެ ކެރެލާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނިޕާ ވައިރަސް ފަތުރާ ބާވަތުގެ ވާ ރައްޖޭގައި އުޅޭތީ، އެ ބަލި ރާއްޖެއަށް އައުމުގެ ފުރުޞަތު އެބައޮތްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖޭންސީ، އެޗްޕީއެއިން ބުނެފިއެވެ.

މި ބަލި ރާއްޖެއަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުންދާކަމަށްވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މި ވައިރަސްގެ އެއްވެސް އަސަރެއް މިހާތަނަށް ރާއްޖެއިން ފެނިފައިނުވި ނަމަވެސް، މި ބަލި ފަތުރާ ވާ ރާއްޖޭގައި އުޅޭތީ އެކަމަށް ސަމާލުވެ ތިބުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިދުވަސްވަރު އިންޑިއާގެ ކެރެލާ ހިމެނޭ ސަރަޙައްދަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބައްޔަކީ ޓެރޯޕަސް އާއިލާގެ ވާ ނުވަތަ ފްރުޓް ބެޓްސްގެ ޒަރީއާއިންނާއި އޫރުން ޖެހޭ ބައްޔެއްކަމަށެވެ. މިބަލި ފެތުރެނީ، މި ބާވަތުގެ ވާ ކައިފައި ހުންނަ މޭވާއާއި ވާލުގެ ކުޅު ނުވަތަ ވާލުގެ ކުޑަކަމުދާ އެއްޗެއް ޖެހިފައިވާ ކާނާ ބޭނުންކުރުމުންކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މި ބަލި ޖެހުނުކަމުގައިވިޔަސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހިނގައިދާނެކަމުގައެވެ.

މި ބަލީގެ އާއްމު އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމާއި ކަރުގައި ރިއްސުންވެސް ހިމެނޭ ކަމަށެވެ. އަދި ބައެއް މީހުންގެ ސިކުނޑިއަށްވެސް ބަލީގެ އަސަރުކޮށް ބޯއެނބުރުމާއި ހެއަތް ގޮތްވުމާއި ފިޓުޖެހުމަކީވެސް އެކަށީގެންވާކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. މި ވައިރަސްއަށް ވަކި ޚާއްސަ ފަރުވާއެއް އަދި ހޯދިފައިނުވާއިރު، މި ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވަނީ ޑެންގީއާއި ޒިކާ ފަދަ ބައްޔަށް ފަރުވާދޭގޮތަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ނިޕާ ވައިރަސްއިން ރައްކާތެރިވުމަށްޓަކައި ގަސްގަހުގައިއަޅާ މޭވާ ވާލުން ރައްކާތެރިކުރުމާއި ރުކުރާ ނެގުމުގައި ސަމާލުކަންދީ ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މޭވާ ބޭނުންކުރުމާއި ވިއްކުމުގައި އާއްމު ސާފުތާހިރުކަމަށް ސަމާލުކަންދީ، މޭވާފަދަތަކެތި ދޮވެގެން ނޫނީ ބޭނުން ނުކުރުމަށާއި ހަލާކުވެފައިހުންނަ މޭވާ ބޭނުން ނުކުރުމަށްވެސް އެ އެޖެންސީން އިލްތިމާސްކުރެއެވެ. އަދި މޭވާފަދަ ތަކެތި ކެއުމުގެ ކުރިން ދޮވެ ބޭރު ތޮށި މަށައިގެން ބެނުންކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ހިމެނޭގޮތައް 11 ރަށަކުން ކޮވިޑްގެ އައުވޭރިއަންޓް އޮމިކްރޯން ފެނިއްޖެ – ޑރ އަފްޒަލް

އައްޑޫ ސިޓީ އާއި މާލެ ސިޓީ ހިމެނޭ ގޮތަށް 11 ރަށަކުން ކޮވިޑް-19 ގެ އާ ވޭރިއަންޓް  އޮމިކްރޯން ...

ހުޅުމީދޫއާއި ފޭދުއާއި ދެމެދު ހަފްތާއަކު ދެދުވަހު ފެރީ ދަތުރުތައް ބާއްވަނީ

އައްޑުއަތޮޅުގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތަކާއެކު، ހުޅުމީދޫއާއި ފޭދުއާއި ދެމެދު އެސްޓީއެލްއިން ބާއްވަމުން އައިސްފައިވާ ދަތުރުތައް އެޕްރީލް ...

ސްޕެނިޝް ލަލީގާގެ ކުޅުންވެސް އަންނަމަހު ފެށޭތޯ މަސައްކަތް ކުރަން ފަށައިފި

ކޮވިޑް 19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ލަލީގާގެ ކުޅުން އަންނަ ޖޫންމަހު ފަށަން ތައްޔާރުވަމުން އަންނަކަމަށް ސްޕެނިޝް ލީގުން ...