ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަން އަމިއްލަފުޅަށް އެއްބަސްވި: ޑރ. ޝައިނީ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ބައިނަލް އަގްވާމީ ފަރާތްތަކުގެ ކުރިމަތީގައި ނަޝީދު އިއުތިރާފްވެ ވަޑައިގެންފައިވާކަމަށް ފިޝަރީޒު މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
އެފްރިކާގެ ބައްރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާުތު ދެއްވަމުން ފިޝަރީޒު މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޔޫއެންއާއި އީޔޫގެ ބައްދަލުވުންތަކުގައި ވާހަކަ ދައްކަވަމުން ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އަމިއްލަފުޅަށް އެއްބަސްވެ ވަޑައިގެންނެވިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެކަން ހާމަވެގެން ދިޔައީ އެފްރިކާ ބައްރަށް ކުރެއްވި ދަތުރުފުޅުގައި ބައިނަލް އަގްވާމީ ޖަމާޢަތްތަކުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި އެޖަމާޢަތްތަކުގެ އެންމެ އިސްވެރިން ވިދާޅުވުމުން ކަމަށެވެ. އަދި ނަޝީދަށް ވާދަ ކުރެވޭނެ ގޮތް ބައިނަލް އަގްވާމީ ޖޖަމާޢަތްތަކުން ހަދާނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަކީ ނަޝީދުގެ އަރިހުގައި ތިއްބެވި ބޭފުޅުން ގުނބޯ ހައްދަން ދައްކަވާ ވާހަކަތަކެއް ކަމަށް ޝައިނީ ވިދާޅުވިއެވެ.
މިނިސްޓަރ ޝައިނީ ވިދާޅުވީ ބައިނަލް އަގްވާމީ ޖަމާއަތްތަކަކީ ގައުމު ތަކުގެ ގާނޫނުތަކާ ގަވާއިދު ތަކުގެ ބޭރުން އެއްވެސް މީހަކަށް ވެރިކަން ހޯދައިދެން މަސައްކަތް ކުރާނެ ފަރާތްތަކެއް ނޫންކަމަށެވެ. އަދި ޕާޓީތަކުގެ މަޝްވަރާތަކުގެ ތެރެެއިން ޔޫއެންއާއި އީޔޫގެ އިސް ފަރާތްތަކާ އެކު ކުރެއްވި މަޝްވަރާތަކުގައި އެބޭފުޅުން ވަނީ އެއްވެސް މީހަކަށް ވެރިކަން ހޯދައިދެން އެޖަމާއަތުން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓާރ ވިދާޅުވި ގޮތުގައި ޔޫއެންއާ އީޔޫއަކީ ނަޝީދު ބޭނުންވާހާ ގޮތައް އަމުރުތައް ނެރެން އޮންނަ ޖަމާޢަތެއް ނޫނެވެ. އިންތިޚާބުގައި ނަޝީދު ވާދަކުރައްވާނެކަން ހާމަކުރައްވަމުން ގެންދަވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން އެހެން ބޭފުޅަކަށް ވާދަ ކުރެއްވުމަށް އޮންނަ ފުރުސަތު ނަގާލަން ކަމަށާއި، ނަޝީދުގެ ބަސްފުޅުތަކާ އަމަލުފުޅުތަކުން ވެސް އެކަން ވަރަށް ރަގަޅަށް ހާމަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ރައީސް މައުމޫނަކީ ނަޝީދު ހިއްސާވާ ކޯލިޝަންގެ މުހިންމު ބައިވެރިއަކަަށް ވާއިރު، އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި ނަޝީދު ވަނީ ރައީސް މައުމޫންގެ ސަރުކާރަށް ވުރެ ރައީސް ޔާމީންގެ ސަރުކާރު ރަގަޅުކަމަށް ވެސް އިއުތިރާފުވެފައި ކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

 “ނިއުލައިޓް” ބޯޓު ފުންކޮށްގެން މާމެންދޫ ބަނދަރަށް ގެންގޮސްފި

މާލެއިން ފުރައިގެން އައްޑޫސިޓީއަށް ދަތުރުކުރަނިކޮށް ލ. މާމެންދޫގެ އުތުރު ފަރާތު ފަރަށް އެރި ހުޅުދޫ  “ނިއުލައިން” ބޯޓް، އެމްއެންޑީއެފް ...

ކޯވިޑް-19 : އައްޑުއަތޮޅުގެ މަގުތައްވެސް ޑިސްއިންފެކްޓްކުރަން ފަށައިފި

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ކުރާ މަސައްކަތްތަކުގެ ދަށުން އައްޑުއަތޮޅުގެ މަގުތައްވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އައްޑުއަތޮޅުގެ   މަގުތައް ...

ގެއްލުނު ކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަނީ

އައްޑޫ ސިޓީގެ ހިތަދޫން މިދިޔަ ހޮނިހިރު ދުވަހު މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަން ...