އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއަށް ކާމިޔާބު ކުރެވިދާނެ: ޝައިނީ

އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއިން ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އދ. ގެ މެންބަރު ގައުމަށް ރާއްޖެ ވުމަށްޓަކާ އެހެން ގައުމުތަކުގެ ތާއީދު ހޯދުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ  މިދަތުރުފުޅުގައި ބައްދަލުކުރެއްވި ގައުމުތަކުގެ އެންމެ އިސްވެރިންގެ ތާއީދު ރާއްޖެއަށް ޚާއްސަކޮށް ރައީސް ޔާމީނަށް އެބައޮތްކަން ހާމަވެގެން ދިޔަކަމަށެވެ.

މިނިސްޓަރ ޝައިނީ މިދަތުރުފުޅުގައި ވަޑައިގެންފައިވަނީ ޓަންޒޭނިޔާ، މޮޒަންބީ އަދި ސައުތް އެފްރިކާ ބައްރަށެވެ. މިނިސްޓަރ ޝައިނީ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްގީއާއި ކުރިއެރުންތަކުގެ ވާހަކަތައް އެފްރިކާ ބައްރުގެ އިސްވެރިން ފާހަގަކުރައްވާ އެބޭފުޅުން ރައީސް ޔާމީނަށް ވަރަށް ތައުރީފު ކުރެއްވި ކަމަށެވެ.

އަދި ރާއްޖެއަށް އަންނަމުންދާ ހެޔޮ ބަދަލުތައް ދެކިލުމަށް ރާއްޖެއަށް ޒިޔާރަތްކުރައްވަން ބޭނުންފުޅުވާކަން ވެސް އެބޭފުޅުން ހާމަކުރެއްވި ކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

  • ކޮމެންޓްސް (1)

  • އައްލޯ

    މަސައްކަތް ކުރައްވާ – އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ –

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑރ. މަޖީދުގެ ހާލު ވަރަށް ސީރިއަސް

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބަރީގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަވެ މިވަގުތު ފަރުވާ ...

ރާއްޖެއިން އިތުރު 156 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 156 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދުވެއްޖެއެވެ. ހެލްތު ...

އައްޑޫން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ...