މީދޫއާއި ހުޅުދޫގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 134 އަށް

މީދޫއާއި ހުޅުދޫގައި  ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 134 އަކަށް އަރައިފި އެވެ.

މީދޫއާއި ހުޅުދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 134 އަށް އަރާފައިވާއިރު ބުދަދުވަހު މީދޫއާއި ހުޅުދުން  އަލަށް ބައްޔަށް ޕޮޒިޓިވްވީ 18 މީހުންނެވެ. އެއީ މީދުން 12 މީހަކާއި ހުޅުދުން 6 މީހުންނެވެ.

ކޮވިޑް ކޭސްތައް ހުޅުދޫއާއި މީދޫގައި އިތުރުވަމުންދާއިރު  މީދޫގައި ޕޮޒިޓިވް މީހުން ތިބި 39 ގެއެއް ވަނީ ކަރަންޓީން ކުރެވިފައެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މީހުންތިބި 6 ގައެއްވެސް ވަނީ ކަރަންޓީނު ކުރެވިފައެވެ.

ހުޅުދޫގައި ޕޮޒިޓިވްމީހުންތިބި 20 ގެއެއް ކަރަންޓީން ކުރެވިފައިވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މީހުންތިބި 3 ގައެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.

އައްޑޫ އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ބުދަދުވަހު ހާމަކޮށްފައިވާގޮތުގައި މީދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 91 މީހުން އެބަތިއްބެވެ. އަދި ހުޅުދޫގައި ތިބީ 43 މީހުންނެވެ.

 ހުޅުދޫއާއި މީދޫން ނަގަމުންދާ ގިނަ ސާމްޕަލްތައް ޕޮޒިޓިވްވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި މުވައްސަސާތަކުންދަނީ އިލްތިމާސްކުރަމުންނެވެ. އެހެންނަމަވެސް ކޮވިޑާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ ބައެއް ގޭގޭގައި ދިރިއުޅޭ ބައެއް މީހުން ކަރަންޓީނު ކުރެވިފައިވާ އުސޫލާއި ޚިލާފަށް  ރަށުތެރޭގައި އުޅެމުންދާތަން ފެންނަމުންދާކަން ފާހަގަކޮށްލަންޖެހެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ މި އަހަރުގެ ދެވަނަ ފިޔަވަހީގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު އަންނަ ...

ފުޓްބޯޅަ ކުޅެން ހުއްޓައި މިއަދު މީހަކު މަރުވެއްޖެ

ފުޓްބޯޅަ ކުޅެން ހުއްޓައި މިއަދު މީހަކު މަރުވެއްޖެ އެވެ. ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ...

އެއްވެސް މުވައްޒަފަކަށް މި ސަރުކާރުން ބިރެއް ނުދައްކާނެ: މިއުވާން

މި ސަރުކާރުން އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރެއް ނުދައްކާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ. މިއުވާން ...