ހައިވަކަރު އަހުމަދުފުޅު އަވަހާރަވެއްޖެ

ހައިވަކަރު އަހުމަދުފުޅު މިއަދު އަވަހަރާވެއްޖެ އެވެ.

އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން އޭނަ އަވަހާރަވީ މިއަދުގެ ފަތިހުގެ ވަގުތެއްގަ އެވެ. ހައިވަރަކު އަހުމަދުފުޅަކީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅެއްގެ އިތުރުން ރާއްޖޭގެ ކުޅިވަރު ދާއިރާގެ ތެރެއިން ވެސް ވަރަށް ފާހަގަކޮށްލެވުނު ޝަހުސިއްޔަތެކެވެ. ރާއްޖޭގެ ކުރީގެ މަޝްހޫރު ކޯޗް މައުރޫފު އަހުމަދު (މާއްޓޭ) އަކީ އަހުމަދުފުޅުގެ ބޭފުޅެކެވެ.

ދިވެހި ރާއްޖޭގެ އަޑުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އަދި އެ އަޑެއް ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި ނަޖުމާ އަހުމަދަކީ އަހުމަދުފުޅުގެ އަނބިކަނބަލުންނެވެ. މި އާއިލާގެ ބޭފުޅުންނަކީ އެކި ދާއިރާތަކުން ރާއްޖޭގައި ފާހަގަކޮށްލެވޭ ބޭބޭފުޅުންނެވެ. އެގޮތުން ޑައިރެކްޓަރު އަދި ސްކްރީން ރައިޓަރު މަހުދީ އަހުމަދަކީ ވެސް އަހުމަދުފުޅުގެ ބޭފުޅެކެވެ.

އަހުމަދުފުޅު އެންމެ ގިނަ ދުވަހު މަސައްކަތް ހިދުމަތްކުރެއްވީ ސިފައިންގޭގަ އެވެ. އެގޮތުން 25 އަހަރު ސިފައިންގޭގެ ހިދުމަތުގައި އުޅުއްވުމަށްފަހު ކެޕްޓަން ރޭންކުގައި ވަޒީފާއިން ވަކިވެވަޑައިގަތީ 1978 ގަ އެވެ.

އަހްމަދުފުޅު ވަނީ ޅ. އަތޮޅާއި މ. އަތޮޅާއި އަދި އައްޑު އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރަށްވަވާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޓީ ބަލިކޮށް 8 ޕޮއިންޓްގެ ލީޑެއް ލިވަޕޫލް ހޯދައިފި

އިގިރޭސި ޕްރިމިއާލީގުގައި ރޭ މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް ބައްދަލުކުރިމެޗު ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅެވުނު މިމެޗްފަށައިގެން ގިނަވަގުތު ...

“ބެސްޓް އައިލެންޑް އިން އޭޝިއާ” ގެ މަޤާމު ރާއްޖެއަށް

ޓްރެވަލް ޕްލަސް ލެޝަރ 2022 ގެ ވޯލްޑްސް ބެސްޓް އެވޯޑްސްގެ “ބެސްޓް އައިލެންޑް އިން އޭޝިއާ” އެވޯޑު ދިވެހިރާއްޖެއަށް ...

ފުވައްމުލަައް ސިޓީން ކޮވިޑް-19 ގެ 2 ވަނަ ޕޮޒިޓިވް ކޭސް އެއް ފެނިއްޖެ

ފުވައްމުލަކުން ކޮވިޑް-19 ގެ 2 ވަނަ ޕޮޒިޓިވް ކޭސް އެއް މިއަދު ރިޕޯޓް ކޮށްފިއެވެ. ފުވައްމުލަކު ހޮސްޕިޓަލުން ދާދި ދެންމެއަކު ...