ރަސްރަނި ނެޓްބޯޅަ ޗެލެންޖް –ޝިފްނާގެ މޮޅު ކުޅުމާއެކު ހެލްތު ސެންޓަރުން މިފްކޯ ބަލިކޮށްފި

ހުޅުދޫގައި މިހާރު ފެށިގެން ކުރިއަށް ގެންދާ” އައްޑޫސިޓީ ރަސްރަނި ނެޓްބޯޅަ ޗެލެންޖް 2022″ ނެޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު ފުރަތަމަމެޗްގައި ޝިފްނާގެ މޮޅުކުޅުމާއެކު ހުޅުމީދޫ ހެލްތު ސެންޓަރުގެ ޓީމް ކާމިޔާބުކޮށްފިއެވެ.

ހުޅުދޫ ޓާފް ދަނޑުގައި ކުޅެވުނު މިމެޗް ހެލްތު ސެންޓަރ ކާމިޔާބުކޮށްފައިވަނީ މިފްކޯގެޓީމާވާދަކޮށް 27 ޕޮޓް 20 ޕޮޓުންނެވެ.

  ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ކުޅުންފަށައިގެން ފުރަތަމަ ކުއާޓާގައި މިފްކޯޓީމުން  ލީޑު ކުރަމުންދިޔަނަމަވެސް ދެވަނަ ކުއާޓާއިންފެށިގެން މެޗު ނިމެންދެންވެސް ލީޑު ކުރަމުންގޮސްފައިވަނީ ހެލްތު ސެންޓަރ ޓީމުންނެވެ.

މިމެޗްގެ ފުރަތަމަ ކުއާޓާ  ނިމުނުއިރު 6 ޕޮޓް 4 ޕޮޓުން ލީޑުކުރަމުން ދިޔައީ މިފްކޯޓީމުންނެވެ.

މިފްކޯއާއި ހެލްތު ސެންޓަރ ބައްދަލުކުރި މެޗްގެ ތެރެއިން

އެހެންނަމަވެސް  ދެވަނަ ކުއާޓާ ނިމުނުއިރު 12 ޕޮޓް 8 ޕޮޓުން ލީޑުކުރަމުންދިޔައީވެސް ހެލްތު ސެންޓަރގެ ޓީމެވެ. އަދި 3 ވަނަ ކުއާޓާ ނިމުނުއިރު 20 ޕޮޓް 14 ޕޮޓުން ހެލްތު ސެޓަރ ކުރިހޯދާފައިވާއިރު 4 ވަނަ ކުއާޓާ ނިމުނުއިރު 27 ޕޮޓު 20 ޕޮޓުން ކުރި ހޯދާފައިވަނީ ހެލްތު ސެންޓަރގެ ޓީމެވެ. 

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ކުޅުމަށް  ބަލާއިރު ހެލްތު ސެންޓަރގެ ގޯލް ސޫޓާއަކަށް ކުޅުނު ޝިފްނާގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މިގޮތުން ޝިފްނާއަށް ލިބޭ ގިނަ ބޯޅަތަކުން ޕޮޓްތައް ކާމިޔާބު ކުރަމުން ދިޔައިރު އެކަން ހުއްޓުވުމުގައިމިފްކޯގެ ގޯލްކީޕަރާއި ވިންގު ޑިފެންސަށް ކުޅުނު ދެކުޅުންތެރީނަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.

މިމެޗްގައި ހެލްތުސެންޓަރ ޓީމަށް ގިނަ ޕޮޓްތަކެއް ކާމިޔާބުކޮށްދިން ޝިފްނާގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެން ދިޔަނަމަވެސް މިމެޗްގެ ކްއިންއޮފްދަ މެޗަކަށް ހޮވިފައިވަނީ ހެލްތު ސެންޓަރ ޓީމުގެ ގޯލްޑިފެންސްގެ މަގާމަށް ކުޅުނު ހައްވާ މައިސާ އަބްދުﷲ އެވެ.

މިމުބާރާތުގައި ބައިވެރިވި 6 ޓީމް ދެ ގުރޫޕަކަށް ބަހާލައިގެން މެޗްތައް ކުރިއަށް ގެންދާއިރު  ގްރޫޕް އޭގައި ހިމެނެނީ މީދޫ ވޮރިއަސް ، ކްލަބް އެމްޓީސީސީ އަދި ޓީމް ފެނަކައެވެ. ގްރޫޕް ބީގައި ހިމެނެނީ ޓީމް މިފްކޯ ، ހުޅުމީދޫ ހެލްތުސެންޓަރ އަދި ހުޅުދޫ ޔޫތެވެ.  

މިމަހުގެ 11 ން 20 އަށް ކުރިއަށްދާ މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް 14 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ޕްލޭ އޮފްގެ ނަމުގައި 15 ވަނަ ދުވަހު ކުޅެވޭ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭގެ ދެވަނަޓީމާއި ގްރޫޕްބީގެ ތިންވަނަ ޓީމެވެ. ޕްލޭއޮފްގެ ނަމުގައި ކުޅެވޭ ދެވަނަމެޗްގައި ބައްދަލުކުރާނީ ގްރޫޕްއޭގެ ތިންވަނަޓީމާއި ގްރޫޕްބީގެ ދެވަނަޓީމެވެ.

މީގެ އިތުރަށް ސެމީފައިނަލްގެ މެޗްތައް 16 ވަނަދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕްއޭއިން ޕޮއިންޓްގެ ގޮތުން 1 ވަނައަށް ހޮވޭޓީމާއި ޕްލޭ އޮފްގެ ފުރަތަމަމެޗުން މޮޅުވާޓީމެވެ.

ސެމީފައިނަލްގެ ދެވަނަމެޗްގައި ބައްދަލުކުރާނީ ގްރޫޕްބީން ޕޮއިންޓްގެ ގޮތުން 1 ވަނައަށް ހޮވޭޓީމާއި ޕްލޭ އޮފްގެ ދެވަނަ މެޗުން މޮޅުވާޓީމެވެ.  މުބާރާތުގެ ފައިނަލް ކުޅުމަށް ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

މިމުބާރާތަކީ ޗެމްޕިއަން ޓީމަށް 10 ހާސް ރުފިޔާ ރަނައަޕް ޓީމަށް 5000ރ ދޭގޮތައް ބާއްވާ މުބާރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްދެއްވާ! އައްޝެއިޚް އަލީ ޒައިދު

ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްދެއްވުމަށް ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲއާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު ...

އައްޑޫ ސިޓީން ކޯވިޑް 19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީގެ ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލޭޖްގެ ކަރަންޓީނުގައި ހުރި އުމުރުން 65 އަހަރުގެ އަންހެނަކު   ކޮވިޑް-19 އަށް ...

ނިޕާ ވައިރަސް ފަތުރާ ވާ ރައްޖޭގައި އުޅޭތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި

އިންޑިއާގެ ކެރެލާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނިޕާ ވައިރަސް ފަތުރާ ބާވަތުގެ ވާ ރައްޖޭގައި އުޅޭތީ، އެ ބަލި ރާއްޖެއަށް ...