ސެމްސަންގްގެ އާ ފޯނު ސެމްސަންގް ގެލެކްސީ އެސް9 އަންނަ މަހު ނެރޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމެރިކާގެ ލަސް ވޭގަސްގައި ކުރިއަށް ދިޔަ އިންޓަނޭޝަނަލް ކޮންސިއުމާ އިލެކްޓްރޯނިކް ޝޯގައި ސެމްސަންގުން ވަނީ އެކަން ޔަގީންކޮށްދީފައެވެ. އެކުންފުނީގެ މޮބައިލް ކޮމިއުނިކޭޝަންގެ ރައީސް ޑީޖޭ ކޮހް ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ސެމްސަންގް ގެލެކްސީ އެސް9 ނެރޭނީ އަންނަ މަހު ސްޕެއިންގެ ބާސެލޯނާގައި ބާއްވާ މޮބަައިން ވޯލްޑް ކޮންގްރެސްގައެވެ.

އެސް9 ނެރޭނީ ފެބްރުއަރީ މަހުގެ 25 ގައި ކަމަށާއި ބައެއް ގައުމުތަކުގެ ރީޓެއިލް ފިހާރަތަކަށް ފޯނު ފޯރާނީ މާޗް މަހުގެ ކުރީކޮޅު ކަމަށް ބެލެވޭ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އާ ފޯނާ ގުޅޭ މާ ބޮޑު ތަފްސީލެއް ސެމްސަންގު ކުންފުނިން ހާމައެއް ނުކުރެއެވެ. ނަމަވެސް ބެލެވޭގޮތުގައި މިދިޔަ އަހަރު ނެރުނު އެސް8 އާ އެއްގޮތަށް މި ފޯނު ވެގެންދާނީ ކްރިޓީކުންގެ އަނގަތަށް ބަންދުކޮށްލާނެ، ސެމްސަންގަށް ވަފާތެރި ކަސްޓަމަރުންނަށް ދެވޭ ރަނގަޅު ހަދިޔާ އަކަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި ޕޯސްޓްޕެއިޑް ބޫސްޓާ ތަކުން ދެގުނަ އިތުރު ޑޭޓާ

ދިރާގުގެ ފިކްސްޑް ބްރޮޑްބޭންޑު އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަަށައިިފި އެވެ ދިރާގުން ބުނީ ...

ކަންނެލި މަސްވެރިކަން ދެކުނުގެ އަތޮޅުތަކުގައި ފަށައި އެކްސްޕޯޓު ބާޒާރަށް ނެރުން

ާއްޖޭގެ “ރަންބިސް އަޅާ ކުކުޅަށް” ސާޅީހަކަށް އަހަރު ފަހުން މިވަނީ “ކޮރޯނާ ވައިރަސް” ނުވަތަ ކޮވިޑް-19 ޖެހި އިންޓެންސިވް ...

މާރޗްމަހުން ފެށިގެން މުޅި ރާއްޖޭގައި އެއް ރޭޓަކަށް ކަރަންޓުގެ އަގު ކުޑަކުރާގޮތައް ހަމަޖައްސައިފި

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ރޭޓުތައް އެއްވަރުކޮށް މާޗު މަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮ ...