ރަޝިއާގެ މޮސްކޯގައި ކުރިއަށްދާ “މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް” (އެމްއައިޓީޓީ) ފެއާގައި ރާއްޖެ ބައިވެރިވެއްޖެއެވެ.

އެމްއެމްޕީއާރުސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓޫރިޒަމް ދާއިރާއިން ގައުމުތައް ޕްރޮމޯޓުކުރުމުގެ މަޤްސަދުގައި މި މަހުގެ ތޭރަ ވަނަ ދުވަހުން ފަނަރަވަނަ ދުވަހަށް ކުރިއަށްގެންދާ މި ފެއާގައި ރާއްޖޭގެ އަށާވީސް ކުންފުންޏަކުން 55 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.

އެމްއައިޓީޓީ ފެއާއަކީ ރަޝިއާގައި ބާއްވާ އެންމެ ބޮޑު ބީޓޫބީ އެގްޒިބިޝަނެވެ. މި ފެއާގައި ރާއްޖެ ތަމްސީލު ކުރާ ސްޓޯލް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ އާދަކާދައާއި ސަޤާފަތް ދައްކުވައިދޭ ގޮތަށެވެ. ޓޫރިޒަމް ދާއިރާގައި ގައުމުތައް ޕްރޮމޯޓުކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެމްއައިޓީޓީ ފެއާ ބާއްވާ މިއީ 25 ވަނަ އަހަރެވެ. މި އަހަރުގެ ފެއާގައި އެކި ގައުމުތަކުން ސޯޅަސަތޭކަ ކުންފުނިން ބައިވެރިވެފައިވެއެވެ. މި ފެއާގައި ޓޫރިޒަމް ދާއިރާގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާއި މާކެޓިން ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންގެ މެދުގައި މި ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންތައްތަކާމެދު މަޝްވަރާކުރައްވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ގިނަ ބައެއްގެ ތަރުހީބް ލިބޭ އެމްއައިޓީޓީ ފެއާއަށް މިދިޔަ އަހަރުވެސް ތޭވީސް ހާހަށްވުރެ ގިނަ ފަރާތްތަކުން ވަނީ ޒިޔާރަތްކޮށްފައެވެ.

ރަޝިއާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ އެއްގައުމެވެ. އެގޮތުން މިދިޔަ އަހަރުވެސް ރަޝިއާއިން ފަސްދޮޅަސް އެއްހާސް ނުވަސަތޭކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއީ ދެހާސް ސޯޅަވަނަ އަހަރާ އަޅާ ބަލާއިރު ތިރީސް ތިން އިންސައްތަ އިތުރު އަދަދެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާރޗްމަހުން ފެށިގެން މުޅި ރާއްޖޭގައި އެއް ރޭޓަކަށް ކަރަންޓުގެ އަގު ކުޑަކުރާގޮތައް ހަމަޖައްސައިފި

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ރޭޓުތައް އެއްވަރުކޮށް މާޗު މަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮ ...

މިހާތަނަށް 12،000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވޭ: ބީއެމްއެލް

ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ...

އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ހާއްސަ ކެމްޕެއިނެއް ފަށައިފި

އުރީދޫއިން އަލަށް ތައާރަފު ކޮށްފައިވާ ޕޯސްޓްޕެއިޑް ޕެކޭޖުތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ. އުރީދޫގެ ...