އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ އަހަރު 21 މިލިޔަން ޑޮލަރު ލިބިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްގީކުރުމުގެ މަސައްކަތާ ގުޅިގެން ނަގަންފެށި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ އަހަރު 21.4 މިލިޔަން ޑޮލަރު ދައުލަތަށް ލިބިއްޖެއެވެ.

ސަރުކާރުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަން ފެށީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. އެ ފީ ނަގަން ފެށީ މިދިޔަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުންނެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ވަނީ 21.47 މިލިޔަން ޑޮލަރެވެ.

އެއީ ދިވެހި ރުފިޔާއިން ނަމަ 329.9 މިލިޔަން ރުފިޔާއެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ސަރުކާރުން ނަގަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު، އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރުގެ ރޭޓުންނެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން މި ޓެކްސުން އިސްތިސްނާވެއެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ އިތުރުން، ޓެކްސް އާމްދަނީއެއްގެ ގޮތުގައި ނަގާ އެއާޕޯޓު ސާވިސް ޗާޖަށް މިދިޔަ އަހަރު ލިބިފައިވަނީ 45.8 މިލިޔަން ޑޮލަރު، ނުވަތަ 703.2 މިލިޔަން ރުފިޔާއެވެ.

މިދިޔަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ 15.18 ބިލިޔަން ރުފިޔާ ލިބިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ މެދުވެރިކޮށެވެ. އެއީ 6.8 ބިލިޔަން ރުފިޔާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ފަހެތިން އެކަތި” ފޯރީގައި ކުރިއަށް

ސްކޫލް ޗުއްޓީއަށް އައިކެއަރ އޮޕްޓިކަލްސްއިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަން “ފަހެތިން އެކަތި” ބޮޑު ތަރުހީބަކާ އެކު ކުރިއަށް ...

އުރީދޫއިން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތަޢާރަފްކޮށްފި

ގިނަ އަދަދެއްގެ ފިލްމާއި ވީޑިއޯ ބަލާލެވޭ އެމޭޒަން ޕްރައިމް ވީޑިއޯ، އުރީދޫގެ ކަސްޓަމަރުންނަށް ތަޢާރަފްކޮށްފިއެވެ. އެމޭޒަން ޕްރައިމް ވީޑިއޯއަކީ ...

ސްރީލަންކަން އެއާލައިންސްއިން ހިލޭ ޓިކެޓް ދޭ ޕްރޮމޯޝަނެއް ނުހިންގާ!

ސްރީލަންކަން އެއާލައިންސްއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި އެންމެންނަށް ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި ...