ސަރުކާރުން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ މަޢާފްކޮށްދެއްވައިފި

ދިގު މުއްދަތުން އަގު އަދާކުރާގޮތަށް މަސްވެރިންނަށް ސަރުކާރުން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ ފައިސާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަޢާފްކޮށްދެއްވައިފިއެވެ.

މިކަން ހާމަކުރައްވާ ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދިގު މުއްދަތުން އަގު އަދާކުރާގޮތަށް ސަރުކާރުން ކުރިން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ ފައިސާ ރައީސް ޔާމީން މަޢާފްކޮށްދެއްވާފައިވާކަމަށެވެ. އަދި އިންޖީނުތަކާއި ދޯނިތަކަށް ދައްކަންޖެހި މިހާތަނަށް ނުދައްކާ ހުރިފައިސާ އެއްއަހަރާއި ދެއަހަރުގެ މުއްދަތެއްގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް އިތުރު ފުރުޞަތުދޭން ރައީސް ނިންމަވާފައިވާކަމަށްވެސް ޑރ.ޝައިނީ ވިދާޅުވެފައިވެއެވެ.

މަސްވެރިންނަށް ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ ފައިސާ ރައީސް މަޢާފްކޮށްދެއްވާފައިވާއިރު، ކުދި ކަނޑު އުޅަނދުފަހަރުތައް ރަޖިސްޓްރީކުރުމަށް އަހަރީފީ ދައްކަން ނުޖެހޭގޮތަށް މިމަހުގެ ހަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

އެގޮތުން ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި އަހަރީ ފީގެ ގޮތުގައި ބޮޑު ޢަދަދެއް ދައްކަންޖެހޭގޮތަށް އޮތުމުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވަމުންދާކަމަށާއި، އެހެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭނުންކުރުމަށް ރަޖިސްޓްރީ ކުރާ ލޯކަލް އުޅަނދުފަހަރުގެ ތެރެއިން، 9 މީޓަރަށްވުރެ ކުދި ބޮއްކުރާ، ޑިންގީ އަދި ކުދިދޯނިފަހަރުގެ އަހަރީ ފީ ދެއްކުމުން އިސްތިސްނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީއަށް ވެރިކަން ލިބޭނީ ނިޒާމު ބަދަލުކޮށްގެން – ނަޝީދު

އެމްޑީޕީގެ ކޮންގްރެސް ހުޅުވުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޞާލިހުގެ ކިބައިން ...

ސްކޫލްތައް ބަންދުކުރާނީ ކޭސްތައް އިތުރުވާ މިންވަރަށް ބެލުމަށްފަހު: ޑރ ނަޒްލާ

ސްކޫލުތައް ބަންދު ކުރާނީ އަދިވެސް ކޭސްތައް އިތުރުވާ މިންވަރު ބެލުމަށްފަހު ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ...

ޓުއަރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ފައްޔާޒުއާ ހަވާލުކޮށްފި

ޓުއަރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާމް އާ ހަވާލުކޮށްފިއެވެ. ފައްޔާޒުއާ ޓޫރިޒަމް މިނިސްޓްރީ ...