ރާއްޖޭގައި ހިންގަމުންދާ ރިސޯޓްތަކުގެތެރެއިން  174 ރިސޯޓެއްގައި ވަޒީފާ އަދާ  52،396 މުވައްޒަފުންގެ ތެރެއިން %/70 މީހުންނަކީ ބިދޭސީން ކަމަށް ބޯހިމެނުމުގެ ނަތީޖާއިން ދައްކައިފިއެވެ.

ބޯހިމެނުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއއިން %39 މީހުން ދިރިއުޅެނީ މާލެގައެވެ. އަދި ރަށްތަކުގައި %25 މީހުން ދިރިއުޅޭއިރު، ރިސޯޓްތަކުގައި ވަޒީފާ އަދާކުރަން އުޅެނީ %28 މީހުންނެވެ.

ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރިސޯޓްތަކުގައި މަސައްކަތް ކުރާ 15،689 މީހުންނަކީ ދިވެހިންނެވެ. އަދި 36،707 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ބިދޭސީން ގިނަކަމުގެ ޝަކުވާތައް އަބަދުވެސް އާދެއެވެ. ހާއްސަކޮށް ރިސޯޓްތަކުގެ އިސް މަގާމުގައި، ދިވެހިންނަށްވުރެ ބިދޭސީން ގިނަ ކަމަށް ދައްކައެވެ.

ރިސޯޓްތަކުގައި ބިދޭސީން ގިނަ މައްސަލައިގައި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވަސް (ޓީމް) އިން ބުނީ މިއީ ހަގީގަތުގައިވެސް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.

“ނަމަވެސް ހިތާމައަކީ ބޯހިމެނުމުގެ ނަތީޖާއިންވެސް ހަގީގަތުގައި ވަޒީފާ ނެތް ވަޒީފާ ބޭނުން ދިވެހީންގެ އަސްލު މައުލޫމާތު ސާފް ނުވާތީ”.

ޓީމް އިން ބުނެފައި ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަމުގައި 180 ކޮޓަރީގެ 2 ހޮޓާ ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގަނީ

އައްޑޫ ސިޓީ ގަމުގައި 180 ކޮޓަރީގެ 2 ހޮޓާ ތަރައްޤީ ކުރުމުގެ މަޝްރޫއެއް ހިންގަން ތައްޔާރުވެއްޖެއެވެ. ގަން އިންޓަނޭޝަނަލް ...

މީދޫއިން މަސްވެރިކަން ކުރަން ނުކުތް ދޯންޏެއް ބަންޑުން ޖަހާލައިފި

  މީދުން މަސްވެރިކަމަށް ނިކުތް ކުޑަ ދޯންޏެއް ބަންޑުންޖަހާލުމުން ދޯނި ބަންޑުން ޖަހާލި ވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ޑިންގީއަކަށް ...

ހުޅުދޫއާއި މީދޫގެ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލްކޮށްފި

ހުޅުދޫއާއި މީދޫގެ ބަހާއުއްދީން ހެދުމުގެ މަސައްކަތް  އެމްޓީސީސީއާއި ހަވާލްކޮށްފިއެވެ. މިމަސައްކަތްތައް ހަވާލްކުރުމަށް މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ...