advertisement

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގަޑިން ރޭ ދަންވަރު ކުޅެވުނު މެޗުގައި ވަރުގަދަކަމަށް ބެލެވުނު އިންގުލޭންޑަށް އެ ޤައުމުގެ އަވަށްޓެރި ސްކޮޑު ލޭންޑުއަތުން މޮޅުނުވެވި ދެވަނަ ބުރަށް ދިއުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވުނު މި މެޗު ނިމުނީ ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު މި ގްރޫޕުގެ ހަތަރު ޓީމަށްވެސް ދެވަނަބުރުގެ ފުރުސަތު އޮތީ ތަނަވަސް ވެފައެވެ.  އެއީ ގްރޫޕުގެ ފަހު މެޗުތަކުން މޮޅުވެގެންނެވެ. މި ގުރޫޕުގެ އެއްވަނައިގައި ޗެކް ރިޕަބްލިކް އޮތި ހަތަރު ޕޮއިންޓާއެކު އެވެ. ދެވަނައިގައި އިންގްލޭންޑުވެސް އޮތީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިން ލަނޑުގެ ތަފާތުންނެވެ. ތިންވަނަ އަދި ހަތަރުވަނައިގައި ކްރޮއޭޝިއާ އާއި ސްކޮޓްލޭންޑް އޮތީ އެއް ޕޮއިންޓާއެކު އެވެ. މިހެން ކަމާއިއެކު ކޮންމެ ޓީމަކަށްވެސް ދެވަނަ ބުރަށް ދިއުމުގެ އަމިއްލަބާރު އޮތްކަމަށް ބުނަންޖެހެއެވެ.

އަވަށްޓެރި ދެ ޤައުމުގެ ގޮތުގައި ބެލެވޭ މި ދެޤައުމަކީ ޒަމާނުއްސުރެއް ވެސް ވަރަށް ބޮޑު ވާދަވެރިކަން އޮންނަ ދެ ގައުމެވެ. މި މެޗުގައި ސްކޮޓްލޭންޑުން ޑިފެންސިވް ގޭމެއް ކުޅުނު އިރު އިންގުލޭންޑުން ބޮޑަށް ބަލާފައިވަނީ އެޓީމުގެ ދެ ފޯވާޑުން ބޭނުންކޮށްގެން ސްކޮޓްލޭންޑުގެ ގޯލަށް ނުރައްކާ ކުރުމަށެވެ. ނަމަވެސް ރޭގެ މުޅި މެޗުގައިވެސް ސްކޮޓްލޭންޑުގެ ޑިފެންސް ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށެވެ.  އަދި ކައުންޓް އެޓޭކުގައި އެޓީމުން ދިޔައީ އިންގުލޭންޑު ޓީމަށް ބާރުބޮޑު ކުރަމުންނެވެ.

މި ގްރޫޕުގެ ފަހު މެޗުތަކުގައި މިމަހުގެ 23 ގައި ސްކޮޓްލޭންޑް ބައްދަލުކުރާނީ ކްރޮއޭޝިއާ އާއި އަދި ހަމަ އެދުވަހު އިންގްލޭންޑް ޓީމު ބައްދަލުކުރާނީ ޗެކް ރިޕަބްލިކާއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ – ހިތަދޫ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ކުޅެނީ

މީދޫ 20 އަހަރުން ދަށުގެ  ޓީމަކާއި  ހިތަދޫ  20 އަހަރުން ދަށުގެ ޓީމަކާއި  ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ...

ގައުމު ސްޓްރީޓް ކަޕް : މަންތަރަ އާއި ހަބޭސްގެ ކުރިމަތިލުމުން ހަބޭސް ކުރި ހޯދައިފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ޑީގައި ހިމެނޭ ޓީމްތަކުގެ ...

ރެއާލްގެ ކޯޗަކަށް ންޗެލޮޓީ

އެވަޓަން ދޫކޮށްލައި ރެއާލް މެޑްރިޑްގެ ކޯޗްކަމާ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ހަވާލްވެއްޖެވެ. އަންޗެލޮޓީ އެވަޓަނުގެ ކޯޗުގެ މަގާމާ ...