މަހްލޫފްގެ މައްސަލައިގެ އިތުރު ހެއްކާއި ގުޅޭ ލިޔުންތައް ހުށައަޅަން ޕީޖީން އޭސީސީގައި އެދިއްޖެ

advertisement

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައި ނުވާކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު ވިދާޅުވީ މިނިސްޓަރ މަހްލޫފްގެ މައްޗަށް ދަޢުވާ ކުރުމަށް އޭސީސީން މިދިޔަ ހަފްތާގައި ފޮނުވި މައްސަލަ އޮފީހުން ދިރާސާކޮށް ބެލުމުގެ މަސައްކަތް އެއޮފީހުން ކުރިއަށްގެންދާއިރު އެމައްސަލައިގެ އިތުރު ހެކިތަކާއި އެކަމާގުޅޭ ލިޔުންތައް ހުށަހަޅަން އޭސީސީގައި އެދިފައިވާނެކަމަށެވެ.

އެގޮތަށް އެދިފައިވަނީ މިނިސްޓަރ މަހްލޫފްގެ މައްސަލައަކީ ކުރިންވެސް ދައުވާކުރުމަށް އެދި އެއޮފީހަށް ހުށައަޅާފައިވާ މައްސަލައަކަށްވެފައި އަދިވެސް އެކަމުގައި ސާފުކުރަންޖެހޭ އިތުރު ކަންތައްތަކެއް ހުރުމުން އެކަންކަން ސާފުކުރުމަށް ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި ދަޢުވާކުރުމުގެ ކުރިން އެނގެންޖެހޭ ކަމަށް ފާހަގަވާ މުހިއްމު ކަންތައްތަކެއް ދެނެގަތުމަށް އެދިފައިވީނަމަވެސް މިކަމުގައި އަދި އޭސީސީން ވަކިގޮތެއް އަންގާފައިވާ ނުވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ އިތުރުން އޭސީސީން ކުރިއަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަޚްލޫފަށް ލިބިފައިވާކަން ފާހަގަކުރެވިގެންކަމަށެވެ.

މި މައްސަލައިގަ މަހްލޫފުގެ މައްޗަށް ދެ ދަޢުވާއެއްކުރުމަށް ވަނީ ފޮނުވާފައެވެ. އެއީ މަަހްލޫފް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން، އެސް.އީ.ޒެޑްގެ ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000 އެމެރިކާ ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާވި މައްސަލައާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތުމުން ޤާނޫނުލް އުޤޫބާތުގެ ދަށުން، ދައުވާކޮށްދިނުމަށް ފޮނުވާފައިވާ މައްސަލައެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާތީ ޕްރޮސިކިއުޓަރ ޖެނަރަލް ވަކިގޮތެއް ނިންމަވަންދެން މިނިސްޓަރ މަހްލޫފް މަސައްކަތުން އެކަހެރިކުރުމަށް ރައީސް ވަނީ އަންގަވާފައެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާސެލޯނާ ބަލިވެ ޕޮއިންޓް ޓޭބަލްގެ 1 ވަނަ މަގާމް ގެއްލުމުގެ ފުރުސަތު ބޮޑުވެއްޖެ

2007 ވަނަ އަހަރަށްފަހު ވެލެންސިޔާގެ ދަނޑުގައި ވެލެންސިޔާއަތުން ބާސެލޯނާ ބަލިވެއްޖެވެ. ސްޕެނިޝް ލީގުގައި ވެލެންސިއާގެ ދަނޑުގައި ރޭ ވެލެންސިޔާއަތުން ...

ވޯޓު ދޭނެ މީހާ ކަނޑައެޅުމުގައި ޒިންމާދާރުކޮށް ވިސްނަން ޖެހޭ – ސަބްރީ

” ޑިމޮކްރަސީގެ އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ ވޯޓު . ވޯޓު ދޭނެ މީހާ ކަނޑައެޅުމުގައި ޒިންމާދާރުކޮށް ވިސްނަން ...

ފައިގަ ތަޅާ މުބާރާތުގެ ޗެމްޕިއަންކަންވެސް ހުޅުދޫ އަވަށު އޮފީސްޓީމު ހޯދައިފި

” ފައިގަތަޅާ ” މުބާރާތުގެ  ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީހުގެ ދަވިލެޖާސް ހޯދައިފިއެވެ. މިމުބާރާތަކީވެސް އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ ...