މީދޫ – ހިތަދޫ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ކުޅެނީ

މީދޫ 20 އަހަރުން ދަށުގެ  ޓީމަކާއި  ހިތަދޫ  20 އަހަރުން ދަށުގެ ޓީމަކާއި  ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު މީދޫގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ މިމަހުގެ 15 ވަނަ ދުވަހު ފެށުމަށްހަމަޖެހިފައިވާ ” އައްޑޫ ޔޫތު ޗެލެންޖް ކަޕް ” ގައި ބައިވެރިވެފައިވާ މީދޫ ޓީމާއި މިމުބާރާތުގައި ހިތަދޫން ވާދަކުރާ ދެޓީމުގެ ތެރެއިން 1 ޓީމްގެ މެދުގައި ކުޅެވޭ އެކުވެރިކަމުގެ މެޗެކެވެ.

މިމެޗް ބޭއްވުމުގެ ބޭނުމަކީ ދެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުންކަމަށް މެޗް އިންތިޒާމް ކުރާފަރާތުން މައުލޫމާތު ދީފައިވެއެވެ.

މިއަދު ހަވީރު 4:00 ގައި މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެންހަމަޖެހިފައިވާ މި މެޗް ބައްލަވާލެއްވުމަށް ވީހާވެސް ގިނަފަރާތްތަކުން ދަނޑަށް ހާޒިރުވެ ދެއްވުމަށް މިމެޗް އިންތިޒާމް ކުރައްވާ ފަރާތުން އެދެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދީފި

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ. އަތޮޅުތަކުގެ ...

އައްޑޫމީދޫ ދާއިރާގެ ރަށްޔިތުންނަށް ރޮޒެއިނާ ޝުކުރު އަދާކުރައްވައިފި

2014 ވަނަ އަހަރު އޮޕޮޒިޝަން މެމްބަރެއްގެ ގޮތައް މަޖިލިހަށް ކުރިމަތިލައިގެން އައްޑޫމީދޫ ދާއިރާގެ މެމްބަރުން ރޮޒެއިނާއަށް އިތުބާރުކޮށް މީދޫ ...

ކޮވިޑް ބަލީގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި ރާޢްޖެއިން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ. މީ މި ބަލީގައި ރާޢްޖެއިން ކުޑަކުއްޖަކު ނިޔާވި ފުރތަމަ ...