advertisement

އެވަޓަން ދޫކޮށްލައި ރެއާލް މެޑްރިޑްގެ ކޯޗްކަމާ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ހަވާލްވެއްޖެވެ.

އަންޗެލޮޓީ އެވަޓަނުގެ ކޯޗުގެ މަގާމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އަންގާރަ ދުވަހުގެ ވަގުތެއްގައި އޭނާ ވަނީ އެވަޓަނުގެ އެއްބަސްވުން އުވާލައި، ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރެއާލަށް ބަދަލުވެފައެވެ.

ރެއާލުގެ ކޯޗުގެ މަގާމަށް އަންޗެލޮޓީ ހަމަޖެއްސީ، އެ ޓީމުގެ ކޯޗުގެ މަގާމުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ޒިދާން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ . .

އެވަޓަން ދޫކޮށް ރެއާލުގެ ކޮޗުގެ މަގާމާ ހަވާލުވުމަށްފަހު އަންޗެލޮޓީ ބުނީ އެ ޓީމު ދޫކޮށް ރެއާލާ ގުޅެން ނިންމީ، މިއީ މި ވަގުތު ދޫކޮށްލެވެން ނެތް ފުރުސަތަކަށް ވާތީ ކަމަށެވެ. ރެއާލުގެ ކޯޗުގެ މަގާމާ އެންޗެލޮޓީ ހަވާލުވިއިރު، އޭނާ ވަނީ މީގެ ކުރިން 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކޯޗުކޮށްދީފައެވެ. އަދި މި މުއްދަތުގައި ރެއާލުން ވަނީ ސްޕެނިޝް ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ރެއާލުގެ ކޯޗަކަށް އަންޗެލޮޓީ ހަމަޖެއްސިއިރު، އެ ޓީމުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އެލެގްރީ ހޯދުމަށެވެ. އެކަމަކު އެލެގްރީ ވަނީ ޔުވެންޓަސްގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވެފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ޗެއަރއަކަށް ނަޝީދު

އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ޗެއަރމަނަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބުވެވަޑައިގެންފިއެވެ. ރައީސް ނަޝިދު އެ މަޤާމަށް ...

ފޮޓޯއިން ޚަބަރު: މީދޫ ބަހާއުއްދީން މަގުގައި ތާރުއެޅުން

މަތީގައިވާ ފޮޓޯތަކާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ބަހާއުއްދީންމަގުގައި ތާރު އެޅުމަށް އެމްޓީސީސީގެ ފަރާތުން ކުރަމުންދާ މަސައްކަތް. ހުޅުދޫ ...

އައްޑޫގެ ލޮކްޑައުން ނިމުމަކަށް ގެނެސްފި

އައްޑޫސިޓީގައި އިއުލާން ކުރި ފުރަބަނދު އުވާލައިފިއެވެ. އައްޑޫ ސިޓީން ބޭސްފަރުވާއަށްމާލެ ގެންދިޔަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ...