ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ އައު ޕްލޭންތަކެއް އުރީދޫއިން ތައާރަފްކޮށްފި!

އުރީދޫ މޯލްޑިވްސްއިން ޑޭޓާ ރޯލްއޯވަރގެ ޚިދުމަތް ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް މިއަދު ތައާރަފްކޮށްފިއެވެ. މި ހިދުމަތް ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ތައާރަފް ކުރެވިފައި މިވަނީ ޕެންޑެމިކްއާއި ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރު ވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންނަށްވެސް އިތުރު ލުއިގޮތްތައް ހޯދާ ފިނުމުގެ ގޮތުން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އުރީދޫއިން މިގެނައި ބަދަލާއި އެކު، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ޚިދުމަތްލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާ އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަ ވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެއެވެ.

“އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އައު އީޖާދީ ޕްރޮޑަކްޓްތަކާއެކު އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭތޯ. ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފަ. ގެއިން މަސައްކަތްކުރުމާއި، ކިޔެވުމުގެ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ޑިޖިޓަލް ޚިދުމަތްތަކަށް މިވަނީ ބަރޯސާވާންޖެހިފަ. އެހެން ކަމުން އަޅުގަނޑުމެންގެ މަގްސަދަކީ މި ބަދަލާއެކު އިންޓަނެޓްގެ ޚިދުމަތް އެންމެހާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުން.” އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިންވަނީ ދާދި ފަހުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލްއޯވަރ ގެ ޚިދުމަތް ތައާރަފްކޮށް މާކެޓުގައި ލީޑް ކުރާ މި ޕްރޮޑަކްޓްތަކަށް އިތުރު ފުރިހިމަކަމެއްގެނެސްފައެވެ. އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/faseyha އަށް ޒިޔާރަތްކުރައްވާށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗައިނާއިން އިތުރު ވެކްސިންގެ ޑޯޒް ރާއްޖެއަށް ހަދިޔާކުރަނީ

ޗައިނާއިން ރާއްޖެ އަށް އިތުރު ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެ އެވެ. ...

އިދިކޮޅު މުޒާހަރާގެ ބައިވެރިން އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކޮށްފި

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ޤާނޫނާ ޚިލާފު ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މިއަދު ކުރިއަށްދިޔަ މުޒާހަރާގައި ޗެނަލް 13 ގެ ...

ސިޓީގެ ސްޓާލިންގ ލިވަޕޫލްއަށް ބަދަލުވުމަށް ބޭނުންވާކަން ހާމަކޮށްފި

އަލުން ލިވާޕޫލްއަށް ބަދަލުވުމާއިމެދު މެންޗެސްޓަރ ސިޓީގެ ސްޓާލިންގ ވާހަކަ ދައްކައިފިއެވެ. އުމުރުން 25 އަހަރގެ ފޯވާޑް ލިވަޕޫލް ދޫކޮށް ...