އިދިކޮޅު މުޒާހަރާގެ ބައިވެރިން އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކޮށްފި

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ޤާނޫނާ ޚިލާފު ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މިއަދު ކުރިއަށްދިޔަ މުޒާހަރާގައި ޗެނަލް 13 ގެ އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިއަދު ހަވީރު ދައުރުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ޗެނަލް ތޭރައިގެ ނޫސްވެރިޔާ ލަޔާލް މަނިކު މުޒާހަރާ ކަވަރުކުރަން އަލިކިލެގެފާނު މަގަށް ދިޔުމުން މުޒާހަރާގެ ބައިވެރިން، ޚާއްސަކޮށް ދެތިން ފިރިހެނަކާ 2 އަންހެނަކު ލަޔާލްގެ ކުރިމައްޗަށް އަރާ، ގެނަސްދެމުންދިޔަ މަޢުލޫމާތަށް ހުރަސްއަޅާ މަންޒަރެވެ.

އަދި ޗެނަލް ތޭރަ ބަންދުކުރުމަށް ގޮވާލާ، އެޗެނަލްއިން ގެނަސްދެނީ “ރައްޔިތުން” ބޭނުންވާ މަޢުލޫމާތު ނޫންކަމަށް މުޒާހަރާގެ ބައިވެރިން ހަޅޭއްލެވިއެވެ.

“އަޅުގަނޑު އެސަރަޚައްދަށް ދިޔުމުން މުޒާހަރާ ވަގުތުން ބަދަލުވެއްޖެ ޗެނަލް 13 އާ ދެކޮޅަށް ކުރާ މުޒާހަރާއަކަށް. ނޫސްވެރިކަމަކީ ކުށެއް ނޫންކަމަށް ގޮވާލަމުންދިޔަ މީހުން، ފެނުނީ ނޫސްވެރިކަމަށް ހުރަސްއަޅާ މަންޒަރު” ޚަބަރު އެމްވީއަށް ލަޔާލް ކިޔައިދިނެވެ.

ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޚައްޤުގެ ދިފާޢުގައި ތެދުވާކަމަށް އެންމެ ބާރަށް ވާހަކަދައްކަމުން ދިޔަ އެމްޑީޕީއިން މިއަދު މިފެނިގެންދަނީ ނޫސްވެރިކަމުގެ ޙައްޤު ނިގުޅައިގަނެ، ނޫސްވެރިންނަށް ފުރައްސާރަކުރާ މަންޒަރެވެ.

އަދި މީގެ އިތުރުން އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރާކަމަށް ދަޢުވާކުރާ އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ އަންހެން ނޫސްވެރިޔަކާ، ކައިރިވެ އިނގިލި ދިއްކޮށް، އިންޒާރު ދިނުމާއެކު ފުރައްސާރަކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާފަރުން އިންޑިއާގެ ދިއްލީއަށް ސީދާ ދަތުރުތައް ފަށަނީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ނިއު ދިއްލީއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ. މާފަރު އެއާޕޯޓް ހިންގާ، ...

ނަޝީދު ވަކިކުރަން ސޮއިކުރައްވަން ކެރިވަޑައި ނުގެންނެވި 4 މެމްބަރުން

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރަން މަޖިލހަށް ހުށަހެޅުނު ލިޔުމުގައި ސޮއި ނުކުރައްވަނީ އެމްޑީޕީގެ ހަތަރު ...

އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ހުއްޓާލުމަށް ތިމާވެއްޓާބެހޭ ޖަމްއިއްޔާތަކުން ގޮވާލައިފި

އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބިން ހިއްކައިގެން 5 ރިސޯޓެއް ހެދުމަށް ނިންމާފައިވާ މަޝްރޫއު ވަގުތުން ވަގުތަށް ހުއްޓާލުމަށް ...