އަލުން ލިވާޕޫލްއަށް ބަދަލުވުމާއިމެދު މެންޗެސްޓަރ ސިޓީގެ ސްޓާލިންގ ވާހަކަ ދައްކައިފިއެވެ. އުމުރުން 25 އަހަރގެ ފޯވާޑް ލިވަޕޫލް ދޫކޮށް ސިޓީއަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. އޭރު ލިވަޕޫލްދޫކޮށް އޭނާ ސިޓީއަށް ބަދަލުވީ ލިވަޕޫލަށް ތަށި ނުލިބޭތީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ނަމަވެސް ލިވަޕޫލްގެ ސަޕޯޓަރުން ގަބޫލްކުރާގޮތުގައި ސްޓާލިން އެކްލަބް ދޫކޮށްލީ ތަށި ނުލިބުމަށްވުރެ ފައިސާގެ ދަހިވެތިކަމުގައެވެ. އިންސްޓަގްރާމް މެދުވެރިކޮށް ބޭއްވި ސުވާލާއި ޖަވާބް ސެޝަނެއްގައި އިގިރޭސި ފޯވާޑް ބުނީ ލިވަޕޫލްއަކީ އޭނަގެ ހިތުގައި އަބަދުވެސް ޚާއްސަ މަގާމެއް ދެވިފައިވާ ކްލަބެއްކަމަށާ އަދި އެކުލަބުން މިހާރު ހޯދަމުންދާ ކާމިޔާބީއާއިމެދު އޭނާ ހިތްހަމަޖެހޭކަމަށެވެ.

ސްޓާލިންގ ބުނީ ލިވަޕޫލްގެ މިހާރުގެ ކޯޗް ކްލޮޕާއިއެކު އެކުލަބްއޮތީ ވަރަށް ރަގަޅު މިސްރާބެއްގައި ކަމަށެވެ.

ލިވަޕޫލްއަކީ މިވަގުތު ޔޫރަޕާ ދުނިޔޭގެ ޗެމްޕިއަންޓީމެވެ. އަދި އިގިރޭސި ޕްރިމިއާލީގު ހޯދަން މިވަގުތު ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ. އިގިރޭސި ރިޕޯޓްތައް ބުނާގޮތުން ސްޓާލިންގ ގެ އަގު ލިވަޕޫލްގެ ޓްރާންފާ ބަޖެޓަށް ފެތޭނަމަ ލިވަޕޫލުން އޭނާގަތުމަށް ބިޑްކުރާނެއެވެ.

އަންނަ ސީޒަނުގައި މެންޗެސްޓަރ ސިޓީއަށް ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭތީވެ ސްޓާލިންގ ފަދަ ކުޅުންތެރީން ޗެމްޕިއަންސް ލީގު ކުޅުމަށް އެހެން ޓީމުތަކަށް ދިއުންއެކަށީގެންވާކަމަށްވެސް ކުޅިވަރު ދިރާސާ ކުރައްވާފަރާތްތަކުން ދަނީ ބުނަމުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ސްޓާލިންގ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުންވެސް ބިޑް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާގެ މަރުވެއްޖެ

މިއަދު ހެނދުނު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާގެ މަރުވެއްޖެއެވެ. މިއަދު ހެނދުނު 07:05 ކަންހާއިރު ...

ބަރުލަމާނީ ގެންނަން ނަޝީދުގެ ކެމްޕެއިން މެނޭޖަރަކަށް ފައްޔާޒުގެ ކެމްޕެއިން މޭޖަރު އިބުރޭ!

ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ، ނުފެންނަ ވޯޓެއް އެހުމަށް ގޮވާލައްވައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ...

ޕީއެންސީ ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ހުރަހެއް ނޯންނާނެ – އަހުމަދު ޝަރީފް

Advertisement ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ އުފައްދާ “ޕީޕަލްސް ނޭޝަނަލް ކޮންގްރެސް” ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން ރައްޔިތުންގެ ...