ޗައިނާއިން އިތުރު ވެކްސިންގެ ޑޯޒް ރާއްޖެއަށް ހަދިޔާކުރަނީ

ޗައިނާއިން ރާއްޖެ އަށް އިތުރު ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އޮންލައިން ނޫހަކަށް އެމަނިކުފާނު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޗައިނާއިން ވެކްސިން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވީ ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި،އެ ގައުމުގެ ރައީސް ޝީ ޖިން ޕިން ދާދިފަހުން ފޯނުން ގުޅައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ކަމަށެވެ.

ޗައިނާއިން އިތުރު ހަތަރު ލައްކަ ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، ވެކްސިން ދޭނެ ކަމުގެ ޔަގީންކަން ޗައިނާ އިން އެރުވި ނަމަވެސް، ވެކްސިން ލިބޭނެ ސީދާ ތާރީހަކާއި ފޯރުކޮށްދޭ ވެކްސިންގެ ބާވަތައް ހާމަކޮށްފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް ދާދި އަވަހަށް ރާއްޖެއަށް މި ވެކްސިން ޑޯޒްތައް ލިބިގެން ދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ގެއެއްގެ ގޯތިތެރޭގައި ބާއްވާފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފި

ސ.ހިތަދޫ ދިރާމުލި ގޯތި ތެރޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި  ރޭ ...

ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މަގާމުން ވަކިކޮށްފި ؟

ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ ގެ މަގާމްގައި ހުންނެވި މޫސާ ސިއްދީގު އެމަގާމުން ވަކިކޮށްފިއެވެ. މޫސާ ސިއްދީގު މަގާމުން ...

ރައީސް ޔާމީން ވައުދެއްވެއްޖެނަމަ އެވަޢުދެއް ފުއްދަވާނެ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންނަށް ރައްޔިތުން ތާޢީދުކުރަނީ ރައްޔިތުންނަށްޓަކާ ކަންތައްތައް ކޮށްދެއްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ...