ހުޅުދޫ ޒުވާނަކަށް ޖަލުގައި އަނިޔާކުރި ވާހަކަ ކަރެކްޝަންސް އިން ދޮގުކޮށްފި

advertisement

ހުޅުދޫ ޒުވާނަކަށް މާފުށީ ޖަލުގެ އޮފިސަރުން އެކިވަރުގެ އަނިޔާތައް ކުރަމުން ދާކަމަށް ސޯޝަލްމީޑިއާގައި ދެކެވެމުންދާ ވާހަކައަކީ، އަސްލެއްނެތް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް  މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފިއެވެ. .

ކަރެކްޝަން ސާވިސް މިކަން ހާމަކޮށްފައިވަނީ ، މަސްތުވާ ތަކެތީގެ މައްސަލަ އަކާއި ގުޅިގެން 25 އަހަރަށް ޖަލަށް ލާފައިވާ އުމުރުން 28 އަހަރުގެ ހުޅުދޫ ޒުވާނަކަށް ކަރެކްޝަންސްގެ އޮފިސަރުން އަނިޔާ ކުރާކަމަށް އޭނާގެ އާއިލާއި ހަވާލާދީ ސޯޝަލްމީޑިއާގައި ކޮށްފައިވާ ތުހުމަތު ތަކާއި ގުޅިގެންނެވެ.

އޭނާގެ އާއިލާގެ މީހަކާއި ހަވާލާދީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެ ޒުވާނާއަކީ، ނަފްސާނީ މައްސަލަތަކެއް ހުންނަ ޒުވާނެއް ކަމަށާއި، ބަރަހަނާ ހާލުގައި އެހެން ގައިދީންނާއި އެކަހެރިކޮށް ވަކިން ގޮޅިއަކަށް އޭނާ ލާފައި ވާކަމަށާއި، އޭނާގެ ހާލު އާއިލާއަށް ނާންގާ ކަމަށްވަނީ ބުނެފައެވެ.

މި ތުހުމަތު ތަކާއި ގުޅިގެން ކަރެކްޝަންސްއިން ބުނީ، އެޒުވާނާއަށް އަނިޔާ ކުރަމުން އަންނަ ކަމަށް އާއިލާއިން ތުހުމަތު ކޮށްފައިވީނަމަވެސް އެ ވާހަކައަކީ ދޮގެއް ކަމަށާއި ލާއިންސާނީ އެއްވެސް އަމަލެއް ނުހިންގާ ކަމަށެވެ. އަދި އެޗްއާރުސީއެމް ފަދަ ތަންތަނުން ޖަލުގެ ހާލަތާއި ގައިދީންގެ ހާލަތު ކައިރިން ބަލާ ކަމަށާއި އެހެން ކަމުން އެފަދަ ކަމެއް ހިނގަންޏާ އެކަން ފެންމަތިވާނެ ކަމަށްވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

އަދި ގައިދީންނަށް ދޭންޖެހޭ ހުރިހާ ހައްގުތަކެއް ފުރިހަމައަށް ދެމުން އަންނަ ކަމަށާއި، އެއްވެސް ގައިދީއަކާއި މެދު ތަފާތު ކުރުމުގެ އުސޫލެއް ނުގެންގުޅޭ ކަމަށްވެސް ވަނީ ބުނެފައެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީގެ އަވަށްތަކުން ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

އައްޑޫސިޓީގެ އަވަށްތަކުގެ އަވަށު އޮފީސް ތަކަށް އޮންލައިންކޮށް މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން 1441  (25 ...

ހިތަދޫ ޑަބްލިއުޑީސީ ގޮނޑި ޕީޕީއެމް އަށް

އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފި އެވެ. ...

އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް އެމެރިކާއަށް ވަޑައިގަންނަވަނީ

އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހަފްތާގައި އެމެރިކާއަށް ވަޑައިގަންނަވާނެ ...