ހުޅުދޫ ބޮޑުމަގުގައި ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި

ހުޅުދޫ  ބޮޑުމަގުގައި ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި އެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލްކޮށްގެން ކުރިއަށް ގެންދާ މިމަސައްކަތުގައި  މިހާރު ކުރިއަށްދަނީ ހުޅުދޫގެ އެންމެ ކާރުބާރު ބޮޑު މަގުގައި ކަމަށްވާ ބަހާއުއްދީންމަގުގައި  ތާރުއެޅުމުގެ މަސައްކަތެވެ.

މީދޫ ބޮޑުމަގު: ތާރުއެޅުމުގެ ކުރީން ވަޅުލާންޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ކުރަނީ

މިގޮތުން ހުޅުދޫ ބަހާއުއްދީންމަގުގެ އުތުރުކޮޅުން ފަށައިގެން ހުޅުދޫ މަސްޖިދުލް ވަހުދާއާއި ހަމައަށް ތާރުއަޅައި ނިންމާފައިވާއިރު  ތާރުއަޅައި ނިމުނު މިސަރަހައްދު އާއްމުންނަށް ދުއްވޭގޮތައް މިހާރުވަނީ ހުޅުވާލާފައެވެ.

އަދި މީގެ އިތުރަށް ވަހުދާ މިސްކިދުން ފަށައިގެން ހުޅުދޫ ހޭޒްލީންއާއި ހަމައަށް ތާރުއެޅުމަކަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައެއްވެސް މިހާރުވަނީ ނިމިފައެވެ.

މީދޫ ބޮޑުމަގު: ތާރުއަޅަން ފެށުމުގެ ކުރީން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ

ހުޅުދޫއާއި މީދޫގެ ބަހާއުއްދީންމަގު ހެދުމުގެ މަޝްރޫއަކީ ތިރީސް ދެމިލިއަންރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއުގެ މަސައްކަތް އެމްޓީސީއާއި ހަވާލްކޮށްފައިވަނީ 240 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫގެ ދަށުން މިމަގުގެ ދެކިލޯ މީޓަރަށްވުރެ ދިގު ސަރަހައްދެއްގައި ރަގަޅު ފެންވަރަކަށް ތާރުއަޅައިގެން ހެދުމަށްވަނީ ނިންމާފައެވެ.

ހުޅުދޫ ބޮޑުމަގު: ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ

މީގެ އިތުރުން  މިމަޝްރޫގެ ދަށުން މިމަގުގައި ޖަހާފައިވާ މަގުމަތީ ބައްތިތައް ނަގައި އަލުން  މަގުބައްތި ޖެހުމާއި ސައިޑްވޯކް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިމަގު ހަދަމުންދާއިރު ފެންހިންދާ ނިޒާމުގެ މަސައްކަތްވެސް ދަނީ ކުރަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގުރުއާން މުދައްރިސް ކަރީމް ގުރުއާން މުދައްރިސްކަމުގެ ވަޒީފައިން ރިޓަޔަރ ކޮށްފި

ޝަމްސުއްދީން ސްކޫލްގެ ގުރުއާން މުދައްރިސް އަލްހާފިޒު މުހައްމަދު އަބްދުލްކަރީމް ގުރުއާން މުދައްރިސްކަމުން ރިޓަޔަރ ކޮށްފިއެވެ. ވީއޯއެމްއަށް އެނގިފައިވާގޮތުގައި ގުރުއާން ...

ކޮވިޑް 19- މިއަދު 215މީހަކު ޕޮޒިޓިވް ވެއްޖެ – އޭގެތެރޭގައި 149 ދިވެހީން

ރާއްޖެއިން އެންމެ ގިނަ ޢަދަދަކަށް މީހުން  ކޮވިޑް 19 އަށް ޕޮޒިޓިވްވި ދުވަހަކަށް މިއަދުވެ، މިއަދު އެކަނިވެސް ކޮވިޑް ...

ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

އައްޑޫ ސިޓީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.  މި ...