ހުޅުދޫ ބޮޑުމަގުގައި ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި

ހުޅުދޫ  ބޮޑުމަގުގައި ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި އެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލްކޮށްގެން ކުރިއަށް ގެންދާ މިމަސައްކަތުގައި  މިހާރު ކުރިއަށްދަނީ ހުޅުދޫގެ އެންމެ ކާރުބާރު ބޮޑު މަގުގައި ކަމަށްވާ ބަހާއުއްދީންމަގުގައި  ތާރުއެޅުމުގެ މަސައްކަތެވެ.

މީދޫ ބޮޑުމަގު: ތާރުއެޅުމުގެ ކުރީން ވަޅުލާންޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ކުރަނީ

މިގޮތުން ހުޅުދޫ ބަހާއުއްދީންމަގުގެ އުތުރުކޮޅުން ފަށައިގެން ހުޅުދޫ މަސްޖިދުލް ވަހުދާއާއި ހަމައަށް ތާރުއަޅައި ނިންމާފައިވާއިރު  ތާރުއަޅައި ނިމުނު މިސަރަހައްދު އާއްމުންނަށް ދުއްވޭގޮތައް މިހާރުވަނީ ހުޅުވާލާފައެވެ.

އަދި މީގެ އިތުރަށް ވަހުދާ މިސްކިދުން ފަށައިގެން ހުޅުދޫ ހޭޒްލީންއާއި ހަމައަށް ތާރުއެޅުމަކަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައެއްވެސް މިހާރުވަނީ ނިމިފައެވެ.

މީދޫ ބޮޑުމަގު: ތާރުއަޅަން ފެށުމުގެ ކުރީން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ

ހުޅުދޫއާއި މީދޫގެ ބަހާއުއްދީންމަގު ހެދުމުގެ މަޝްރޫއަކީ ތިރީސް ދެމިލިއަންރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއުގެ މަސައްކަތް އެމްޓީސީއާއި ހަވާލްކޮށްފައިވަނީ 240 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫގެ ދަށުން މިމަގުގެ ދެކިލޯ މީޓަރަށްވުރެ ދިގު ސަރަހައްދެއްގައި ރަގަޅު ފެންވަރަކަށް ތާރުއަޅައިގެން ހެދުމަށްވަނީ ނިންމާފައެވެ.

ހުޅުދޫ ބޮޑުމަގު: ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ

މީގެ އިތުރުން  މިމަޝްރޫގެ ދަށުން މިމަގުގައި ޖަހާފައިވާ މަގުމަތީ ބައްތިތައް ނަގައި އަލުން  މަގުބައްތި ޖެހުމާއި ސައިޑްވޯކް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިމަގު ހަދަމުންދާއިރު ފެންހިންދާ ނިޒާމުގެ މަސައްކަތްވެސް ދަނީ ކުރަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ މީގެ ތެރޭގައި ހިމެނެނީ 18 ދިވެހީން ...

އައްޑޫ ސިޓީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިތުރުކޮށްފި

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް މީގެ ކުރީން ސިޓީ ކައުންސިލުން ނިންމާފައިވާ ...

މި ޒަމާނަކީ ސޯޝަލްމީޑިއާގެ ޒަމާން ، ކޮންމެ މީހަކަށް ވެސް، ކޮންމެ މީހެކޭ ކިޔައިގެން ވެސް އެއްޗެހި ކީދާނެ. ރޮޒެއިނާ

މި ޒަމާނަކީ ސޯޝަލްމީޑިއާގެ ޒަމާން ކަމަށާއި، އަނގަ އޮތިއްޔާ ކޮންމެ މީހަކަށް ވެސް، ކޮންމެ މީހެކޭ ކިޔައިގެން ވެސް ...